މިއަދުވެސް ކޮވިޑަަށް ފައްސިވީ އަދަދުތައް 100އިން މަތި!
ރާއްޖެއިން މިއަދު އިތުރު 103 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 35 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 56 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 9 މީހުން ފައްސި ވެފައިވެއެވެ. އަދި ކަނޑުއުޅަނދު ފަހަރުން 3 މީހުންނެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 82،578 މީހުންނެވެ.
ބަލިން ފަސޭހަވެފައިވަނީ 80،236 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 12 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 227 މީހުން ނިޔާވެފައި ވެއެވެ.
Ads by Allied Insurance