ޚަބަރު

ފެބްރުއަރީ 7ގައި "ޓެރެރިސްޓުންތަކެއް" ޓީވީއެމްގެ ކޮންޓްރޯލް ނެގި މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ފޮޓޯ: ހަވީރު

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާދެއްވި ދުވަހު، ދައުލަތުގެ މީޑިއާ، ޓީވީއެމްއަށް ވަދެ އެތަނުގެ ކޮންޓްރޯލް ނެގި ސިފައިންނާއި ފުލުހުންނަށް ފިޔަވަޅު އަޅައިދިނުމަށް އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށައަޅައިފިއެވެ.

މި މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިފައި ވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެވެ. އިންތިގާލީ އިންސާފުގެ އޮފީހަކީ 1953 ވަނަ އަހަރުން ފެށިގެން މި ސަރުކާރު ފެށުމާ ހަމައަށް ދައުލަތުގެ ފަރާތުން ހިންގާފައިވާ ގާނޫނާ ޚިލާފް އަމަލުތައް ބެލުމަށް އުފައްދައިފައިވާ މުއައްސަސާއެކެވެ.

ބޮންޑޭ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ގައި ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް)ގެ ގޭޓަށް ބަޑި ޖަހައި އެތަނުގެ ކޮންޓްރޯލް ނަގައިފައި ވަނީ ސިފައިންނާއި ފުލުހުންގެ ޔުނީފޯމްގައި ތިބި ޓެރަރިސްޓުންކަމަށެވެ. އަދި އެކަންކޮށްފައި ވަނީ ވަކި ބައެއްގެ ކޮމާންޑްގެ ދަށުން ކަމަށާއި އެމީހުން ވެސް ހޯދުމަށް އެމައްސަލައިގައި ބުނެފައިވެއެވެ. އަދި މިކަން ކުރީ، ކޮންބައެއްގެ އަމުރަކަށްތޯ ބެލުމަށާއި އެ އަމަލު ހިިންގީ ކޮން ބައެއްތޯ ބަލައި، އެ މީހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި ދިނުމަށް މައްސަލައިގައިވެއެވެ.

މި މައްސަލައިގައި ބުނެފައިވަނީ، ސިފައިންނާއި ފުލުހުންގެ ޔުނިފޯމު އަޅައިގެން ތިބި ބަޔަކު ޓީވީއެމްގެ އިމާރާތަށް އެ ދުވަހު ވަދެ، އެ ތަނުގެ މުވައްޒަފުން ރަހީނުކޮށް، ޓީވީއެމްގެ ލައިވް ފްރީކުއެންސީ ހުއްޓުވައިފައިވާ ކަމަށެވެ. އެ ދުވަހު ޓީވީއެމްގެ ފީޑު ކަނޑައިލާން ސަލާމަތީ ބާރުތަކުން އަޅުވައިފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވީޓީވީގެ ލައިވް ފީޑެވެ.

Ads by HDC
  1. އަޒީ

    ފުރަތހަމަ ބަލާލުމުނވެސް އެގުނީ އިނތހިޤާލީ އިންޞާފުގެ އޮފީހަކީ 1953 ވަނައަހަރުން އަހަރުންފެށިގެން ދައުލަތުގެ ފަރާތުން ހިންގާފައިވާ ޤާނޫނާއި ޚިލާފު ކަންތައްތައް ބެލުމަށް އުފައްދާފައިވާ އިދާރާއެއްކަން ޓެރަރިސްތަކުގެ މައްސަލަ ބަލާފިޔަވަޅުއެޅުމަކީ އެއިދާރާގެ މެންޑޭޓްގައި ހިމެނޭ ކަމެއް ނޫންކަން މިވަރުނޭގޭމެނބަރުން އިއްޒަތްތެރި މަޖުލޭހުގާ ތިބުމަކީ މަޖުލޭހުގެ ކަރާމަތާއި ޢިއްޒަތް ނެތިގެންދާ އެއްސަބަބު