ޚަބަރު

ދުންޔާގެ ރައްދު ސަޢީދަށް: އުތުރު ތިލަފަޅު އެއްބަސްވުން ހެދީ ނާޒިމް ހުންނަވައިގެން ނޫންކަން ޔަޤީން

ރައުފާ ރަޝީދު ، ދެން އޮންލައިން

އުތުރު ތިލަފަޅު އެއްބަސްވުން ހެދީ ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމް ހުންނަވައިގެން ނޫންކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

Ads by MWSC

ދުންޔާ މިފަދައިން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި، އުތުރު ތިލަފަޅު ވިއްކާލުމުގެ ހަގީގީ މޭސްތިރިއަކީ އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކާނަލް ނާޒިމްކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ.

ސައީދުގެ އެވާހަކަތަކަށް ރައްދު ދެއްވައި ދުންޔާ މައުމޫން ވިދާޅުވީ، ރައީސް ޔާމީނުގެ ދައުރުގައި ޚާރިޖީ ވަޒީރުކަން ކުރި ބޭފުޅެއްގެ ހައިސިއްޔަތުން އުތުރު ތިލަފަޅު އެއްބަސްވުން ހެދީ ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމް ހުންނަވައިގެނެއް ނޫންކަން ޔަޤީންކަމަށެވެ.

ސައީދު ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުމަކީ ގާނޫނުއަސާސީއާ ޚިލާފަށް ވެފައި އޮތް އެއްބަސްވުމެއް ކަމަށެެވެ. ސައީދު ވަނީ އެ  އެއްބަސްވުމަކީ ގާނޫނު އަސާސީއާ އެއްގޮތަށް ކުރެވިފައި އޮތް ކަމެއްތޯ ދިވެހި ސިފައިންނާ ސުވާލު ކުރައްވައިފައެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުމާއި ދިވެހިންގެ މުސްތަގްބަލާ ގުޅެނީ ވަރަށް ނުރައްކާތެރި ހިސާބަކުން ކަމަށެވެ. އަދި އެތަން ވިއްކައިލުމުގެ މޭސްތިރިއަކީ ކާނަލް ނާޒިމްކަމަށް ސައީދު ވަނީ ތުހުމަތު ކުރައްވައިފައެވެެ.

Ads by HDC
  1. ސަލީމް

    ޔޫޓީއެފުގަމަސަކަތް ކުރިމީހެށްގެހައިސޔަތުން މިބުނަނީ އުުތުތިލަފަޅަކުންތިއަގަތަޅާމީހާނުދެކެން …ޔޫޓީއެފޭ މަތިންދާބޯޓޭ ހެލިކޮޕުޓަރޭކިޔަކިޔާތިބޭނީ …07އަރުވެރިކަންކުރިއިރުހެލިކޮޕުޓަރުވެސްއޮތް އަތެށްނުލެވުނު ނުވެސްފޮނޫވާލެވުން ތީހުސްޖަަމަލުފޮޑީ …

  2. ބަދަލު

    ދުންޔާ!! ކަލޭ ތީ ވެސް ޢައްދާރެއް!! ބަލަ ތިޔަ ނާޒިމް ތަ ސޯފާ އެއްބަސްވުން ހެދީ؟؟ ކަލޭގެ ބައްޕަ ތަ ހެދީ؟؟ ތިޔަ ނާޒިމަށް ވަރިހަމަ ވީމައެއް ނު އުތުރު ތިލަފަޅު އެއްބަސްވުން ހެދިއރުވެސް އެއްޗެއް ނުބުނެ މި ސަރުކާރުން ކުރަމުންދާ ހުރިހާ ކަމަކަށް އަނގަ ބަނދުކޮށްގެން ހުރެ ޔާމީން ފަހަތުން ތިޔަ ދެމީހުން ތިޔަ ދުވަނީ ކަލޭމެންނަށް ހުރި ބިރަކީ އެއީ ދޯ އިންޑިޔާ ހެން!!