ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި ތިން ލައްކައާ ގާތް ކުރާ އަދަކަށް ބިދޭސީން، ހުރިހާ ދިވެހިންނަށް ވަޒީފާ ދިނަސް ބޭރު މަސައްކަތްތެރިން ބޭނުންވޭ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ބިދޭސީންތަކެއް-- ފޮޓޯ: އަވަސް

މި ވަގުތު ދިވެހިރާއްޖޭގައި މަސައްކަތުގެ މީހުންގެ ގޮތުގައި ވޯކް ވިސާ ޕާމިޓް ނަގައިގައި 281،000 ބިދޭސީ  މަސައްކަތް ތެރިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

Ads by STELCO

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ، މިއަދު ރާއްޖޭގައި ރިކޯޑް ސާފުވެފައި ތިބި ދެ ލައްކަ އައްޑިހަ އެއްހާސް ބިދޭސީން އެބަތިބިކަމަށެވެ.

"މި ވަގުތު ދިވެހިރާއްޖޭގައި 281،000 ބިދޭސީން ތިބިކަމަށް އަޅުގަނޑުމެންގެ ރިކޯޑްތަކުން އެބަ ފެނޭ. ބަނގްލަދޭޝްގެ 63،754 ފަރާތެއް ތިބި ކަމަށް އެބަފެނޭ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ސާފު ނުކުރެވޭ މިހާރު މިހާރު ބޭނުން މިކުރެވޭ އެކްޕެޓް އޮންލައިން ސިސްޓަމް އައުމުގެ ކުރިން ބޭނުން ކުރެވުނު، މައިގްރޭޝަން ޑޭބާ ބޭސް، އެ އަދިވެސް އަޅުގަނޑުމެންނަށް ސާފެއް ނުކުރެވޭ. އައި ތާރީޚެއް، އައި ކަމެއް، ޑިޕޮސިޓް ދައްކައިފައި ކަމެއް. މިތާ ރާއްޖޭގައި ތިބި ކަމެއް، އެއްގޮތަކަށް ވެސް ހިނގިކަމެއް. އޭގައި ލިސްޓްގައި އެބައޮތް 70،000 މީހުން." ފައްޔާޒް ވިދާޅުވީ، ރިކޯޑް ސާފުނުވާ ބިދޭސީންގެ ތެރެއިން 1،000 ވަރަކަށް މީހުން ރާއްޖެއިން ފުރައިގެން ދިޔަ ކަމަށް ބެލެވޭ ކަމަށާއި އިމިގްރޭޝަންގެ ސިސްޓަމާއި ކަނެކްޓްވެފައި ނޯންނާތީ، އެ ހިސާބު ބަލަހައްޓަން އުދަނގޫ ކަމަށެވެ. ފައްޔާޒް ވިދާޅުވީ، ބިދޭސީންގެ ޕޯޓަލްއާއި އިމިގްރޭޝަންގެ ޕޯޓަލްއާ ގުޅުވުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ފައްޔާޒް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ

ރާއްޖޭގައި ބިދޭސީންގެ ސަބަބުން ދިވެހިންނަށް ހުރި ވަޒީފާގެ ގޮން ޖެހުންތަކާ ގުޅޭ ގޮތުން މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ދިވެހި ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް އެބައޮތް ކަމަށާއި ދިވެހި ރާއްޖޭގެ މުޅި އާބާދީއަށް ވަޒީފާ ދިން ކަމުގައި ވިޔަސް އިތުރު މަސައްކަތްތެރިން ބޭނުންވާނެ ކަމަށެވެ. ނަންބަރުތަކަށް ބައްލަވައި ލައްވަމުން މިނިސްޓަރ ވިދާޅުވީ، ދިވެހި ރާއްޖޭގައި ވަޒީފާއެއް ނެތި އުޅެނީ 30،000 ވަރަކަށް މީހުން ކަމަށާއި ވަޒީފާއެއް ބޭނުންވެގެން ހޯދަން ވެގެން އުޅެނީ 15،000 މީހުން ކަމަށެވެ. އަދި އެ 30،000 މީހުން އެއްކޮށް ވަޒީފާއަށް ނިކުތްކަމުގައި ވީނަމަވެސް ދިވެހި ރާއްޖޭގެ އިޤްތިޞާދު މިދާ ސްޕީޑަށް ބަލާއިރު، މަސައްކަތްތެރިން ބޭނުން ވާނެ ކަމަށެވެ.

"ދިވެހި ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުން މިދާ ސްޕީޑްގައި، ވަކި މިހާރަކު ނޫން. ޒަމާނުއްސުރެ މިދާ ސްޕީޑްގައިދާ ނަމަ، ހިއުމަން ރިސޯސަސް އަޅުގަނޑުމެންގެ އިޤްތިޞާދަށް އެބަ ބޭނުންވޭ. ބޭނުންވާއިރު އަޅުގަނޑުމެންނަކަށް ޤަބޫލެއް ނުކުރެވޭ، ދިވެހި ރާއްޖޭގައި އަންއެމްޕްލޯއިޑް އާބާދީ އެއްކޮށް ވަޒީފާއަށް ނިކުތް ކަމުގައި ވިޔަސް އަޅުގަނޑުމެންގެ އިޤްތިޞާދު ހިފަހައްޓަން ބޭނުންވާ ވަރުގެ އަދަދެއް ދިވެހި ރާއްޖޭގައި އޮތް ކަމަކަށް." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، ބިދޭސީން ރާއްޖެއަށް އެތެރެ ކުރުން ކޮންޓްރޯލްކޮށް، ރެގިއުލޭޓް ކުރުމަށް އެ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަަށެވެ. އަދި ރާއްޖެއިން ފާއިތުވި 8 އަހަރުގެ ތެރޭގައި ބިދޭސީންނަށްދީފައިވާ ވޯކް ޕާމިޓްގެ އަދަދުތައް ވަނީ ހިއްސާ ކުރައްވައިފައެވެ.

"2013 ވަނަ އަހަރު 25،000 ބަގްލަދޭޝްގެ ވޯކް ޕާމިޓް އިޝޫ ކުރެވިފައި އެބައޮތް. 2014 ވަނަ އަހަރު 22،400 އެބައޮތް. 2015 ވަނަ އަހަރު 42،600 އެބައޮތް. 2016 ވަނަ އަހަރު 44،800. 2017 ވަނަ އަހަރު 39،800. 2018 ވަނަ އަހަރު 57،000. 2019 ވަނަ އަހަރު 42،000. 2020 ވަނަ އަހަރު 11،000. 2021 ވަނަ އަހަރު 14،000." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، ރާއްޖޭގައި ބިދޭސީން ގެނެސް، އެކަން ރެޖިއުލޭޓް ނުކޮށް، ހިއުމަން ޓްރެފިކިންގް ކުރަމުން އަންނަ ކަމަށާއި އެކަމަކީ ވޭތުވެދިޔަ 25 ވަރަކަށް އަހަރުގައި ހިނގަމުން އަންނަ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ، މިކަން ރަނގަޅު ކުރުމަށް އެފަރާތުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ރާއްޖޭގައި ޑޮކިއުމެންޓެއް ނެތި އުޅޭ ބިދޭސީން އަނބުރާ ފޮނުވައިލުމުގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑެއްގައިކުރަމުން އަންނަ ކަމަށެވެ. އަދި މަސައްކަތް ކޮވިޑް-19 ސަަބަބުން މަޑު ޖެހުނުއިރު، ރާއްޖޭގައި މަސައްކަތް ކުރާ 43،000 ޑޮކިއުމެންޓް ނެތް ބިދޭސީން ރެޖިސްޓްރީ ކުރެވުނު ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން 8،938 މީހުން ރާއްޖެއިން ފުރުވާލެވުނު ކަމަށާއި 2020ވަނަ އަހަރު 15،000 މީހުން އަދި 2021 ވަނަ އަހަރު 3،000މީހުން އަމިއްލައަށް ފުރައިގެން ގޮސްފައިވާ ކަމަށެވެ.

  1. ކަމަނަ

    އެހެން ވީމާ ރާއްޖޭގެ މީހުނާ ބިދޭސީންނާ ހަމަހަމަވަނީ،،،،،