ޝަރުޢީ ދާއިރާ

މީހަކަށް އަނިޔާކުރި ފުލުހުންގެ ބަޔަކަށް ދައުވާ ކޮށްދިނުމަށް 241 ކޮމިޓީން އެދިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވައްކަމުގެ ތުހުމަތެއްގައި ލ. ކަލައިދޫން ހައްޔަރުކުރި މީހަކަށް ފުލުހުން އަނިޔާކުރި ކަމަށް ފުލުހުންގެ ތަހުގީގުން ސާބިތުވެފައިވާ ކަމަށާއި ނަމަވެސް އެކަށީގެންވާ ފިޔަވަޅު އަޅައިފައިވާކަމަށް ނުފެންނާތީ ޖިނާއީ ތަހުގީގެއްކޮށް ދައުވާކުރަން އެދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން ނިންމައިފިއެވެ.

Ads by MWSC

ކަލައިދޫ މޫނިމާގެއިން ވައްކަން ކުރިކަމުގެ ތުހުމަތުގައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 6ވަނަ ދުވަހު ހައްޔަރު ކޮށްފައިވަނީ އެ ރަށު ސުވީޓްހާޓްގޭ އަހުމަދު ސިރާޖު ނަމަކަށް ކިޔާ މީހެކެވެ.

ސިރާޖު ހައްޔަރުކުރުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން އޭނާއަށް އެކި ވަރުގެ އަނިޔާކުރި މައްސަލައެއް އޭނާގެ ފަރާތުން ވަނީ ފުލުހުންނަށާއި ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފައެވެ.

އެ މައްސަލަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާ ކުރުމަށް ފަހު މިއަދު މަޖިލީހުގެ ތަޅުމަށް ރިޕޯޓު ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ މައްސަލައިގައި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުން ލ. އަތޮޅަށް ޓީމެއް ފޮނުވައިގެން ތަހުގީގުކުރި ކަމަށެވެ.

އަސްލަމް ވިދާޅުވީ އަނިޔާ ލިބުނު ސިރާޖު އިސްދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ކޮޓަރިއަކަށް ވެއްދުމަށް ފަހު އަނިޔާކޮށްފައިވާ ކަމަށާއި އެއީ އޭނާ ގޭގައި އުޅެނިކޮށް ލިބުނު އަނިޔާތަކެއް ކަމަށް އެއްބަސް ނުވަނީސް ދޫކޮށްނުލާނެ ކަމަށް ފުލުހުން ވިދާޅުވި ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!