ސަރުކާރު

އަސްލަމްއަށް އަނިޔާ ކޮށްފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ޚަަބަރެެއް: ކަރެކްޝަންސް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހުޅުމާލޭ ޖަލުގައި ރޭ ނިޔާވި ގދ. ވާދޫ/ ޖަނަވަރީގޭ މުޙައްމަދު އަސްލަމް (40އ.)އަަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އަނިޔާކުރި ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް އެ ސާވިސްއިން ދޮގު ކުރައްވައިފިއެވެ.

Ads by MWSC

އަސްލަމްއަަށް ކަރެކްޝަންސްއިން އަނިޔާ ކުރި ކަމަށާއި ނިޔާވީ އިރު އޭނާގެ ބޮލަށް ލިބުނު އަނިޔާއަކީ ވެސް އެކަމުގެ ސަބަބުން ލިބުން އަނިޔާތަކެެއް ކަމަށް އާއިލާއާ ހަވާލާދީ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެ ޚަބަރުތަަކަށް ރައްދު ދެއްވަމުން ކަރެކްޝަންސް އިން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ 13 ސެޕްޓެމްބަރު 2021 ވަނަ ދުވަހުގެ އިރުއޮއްސި 6:00 ހާއިރު އަސްލަމު ، ޔާޑު ސަރަޙައްދުގައި އިށީނދެގެން އިންދައި، ކުއްލިއަކަށް ވެއްޓުމާ ގުޅިގެން 8 މިނެޓު ތެރޭގަައި ވަނީ އެމަޖެންސީގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައި ކަމަށެވެ.

މީގެ އިތުރުން ކަރެކްޝަންސްއިން ވިދާޅުވީ އަސްލަމްގެ އާއިލާއަށް އިރުއޮއްސި 6:30ގައި ގުޅަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ގުޅިފައި ވަނީ 6:42ގައި ކަމަށެވެ.

އަސްލަމްއަކީ އެއްވެސް ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ ފަރާތެއް ނޫން ކަމަށާއި އަސްލަމްގެ ބޮލަށް ގެއްލުން ލިބިފައި ވަނީ އޭނާ އިށީނދެގެން އިންދާ ވެއްޓުމާ ގުޅިގެން ކަމަށް ވެސް ކަރެކްޝަންސްއިން ވިދާޅުވިއެވެ. އެ މަންޒަރު ހުޅުމާލޭ ޖަލުގެ ސީސީޓީވީ ކެމެރާއިން ސާފުކޮށް ފެންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު އަސްލަމް ނިޔާވެފައިވާ ކަމަށް ކަރެކްޝަންސްއަށް އަންގައިފައި ވަނީ ރޭ 8:23 ގައި ކަމަށާއި މަރުގެ ސެޓްފިކެޓުގައި މަރުގެ ސަބަބު ދެނެގަނެވިފައި ނުވާ ކަމަށް ވެސް ކަރެކްޝަންސްއިން ވިދާޅުވިއެވެ. އަސްލަމް ނިޔާވެފައި ވަނީ އިއްޔެ އިރު އޮއްސި 6:55ގައި ކަމަށް އެ ހޮސްޕިޓަލުން ބަޔާން ކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!