އެޑްވަޓޯރިއަލް

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑުން މިހާރު އަންލިމިޓެޑް ކޯލްސް ކޮށްލެވޭނެ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑަށް "އަމިއްލަ ވޮއިސް ޕްލަސް"ގެ ނަމުގައި މުޅިން އާ "ވޮއިސް" އެޑް-އޮން އެއް ތައާރަފުކޮށްފިއެވެ.

Ads by MWSC

މަހަކު އެންމެ 175 ރުފިޔާ އަށް އެކްޓިވޭޓް ކޮށްލެވޭ މި އެޑް-އޮންއިން ދިރާގު ނަންބަރުތަކަށް ބޭނުން ވަރަކަށް މުޅިން ހިލޭ ގުޅައިލެވޭނެއެވެ.

މި އަހަރު ކުރީކޮޅު ތައާރަފުކުރި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑަކީ ކަސްޓަމަރުންނަށް އެމީހެއްގެ ބޭނުންތަކަށް ހާއްސަކޮށްގެން ވަރަށް ފަސޭހަކަމާ އެކު ކަސްޓަމައިޒް ކޮށްލެވޭނެ ޕްލޭނެކެވެ. އަމިއްލަ ވޮއިސް އެޑް އޮންއަކީ މިހާރު ކަސްޓަމަރުން ނަންގަވައި ޕެކޭޖްތަކުގައި ހިމަނާފައިވާ ހިލޭ ވޮއިސް މިނެޓްސްގެ އިތުރަށް ވޮއިސް ކޯލްސް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ޚާއްސަ ކޮށްގެން ތައާރަފުކުރި އެޑް-އޮންއެކެވެ.

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ޑޭޓާ އަދި ވޮއިސް ބޭނުންވާ ގޮތަކަށް ސެޓްކޮށްލެވޭނެއެވެ. އަދި މީގެ އިތުރުން އަމިއްލަ ޕޯސްޓްޕެއިޑްގެ "ވެލިއު ޕްކެސް"އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްތަކުން ބޭނުންވާ ޕެކެއް ޚިޔާރު ކުރެވޭނެއެވެ. ވެލިއު ޕެކްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި ސްޓްރީމިންގ އެޑްއޮންސް ހިމެނެއެވެ. ސްޓްރީމިންގ އެޑްއޮންގައި ދިރާގު ޓީވީ، ދިރާގު ޕްލޭ، ނެޓްފްލިކްސް، އެމޭޒަން ޕްރައިމް، ޔޫޓިއުބް އަދި ޓިކްޓޮކަށް ހިމެނިގެންދާނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ގުޅުއްވާ ކަސްޓަމަރުންނަށް ޚާއްސަކޮށް އައިޑީޑީ ވެލިއު ޕެކްސް ވެސް ވަނީ ހިމަނައިފައެވެ.

ދިރާގުގެ އެކިއެކި ޚިދުމަތްތަކަށް ގެންނަމުންދާ ބަދަލުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތްތަކެއްކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!