ސިޔާސީ

ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އިދިކޮޅު ކޯލިޝަނަށް މި ސަރުކާރުގައި ނެތް: އާދަމް ޝަރީފު އުމަރު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އާދަމް ޝަރީފް އުމަރު.. ދެން އިމޭޖްސް

ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމެއް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް މި ސަރުކާރުގައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

މެންބަރު އާދަމް ޝަރީފު މިހެން ވިދާޅުވެފައި މިވަނީ، ހިޔާލު ފާޅު ކުރުމަށް އެއްވެސް ހުރަހެއް ނާންނާނެ ކަމަށް ވިދާޅުވެ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ. އެގޮތުން އާދަމް ޝަރީފު ވިދާޅުވީ އިދިކޮޅުން ހިޔާލު ފާޅުކުރުމަށް ކިތަންމެ ކުޑަ ހަރަކާތެއް ހިންގި ނަމަވެސް އެކަމަށް ވެސް މި ސަރުކާރުން ބާރުގެ ބޭނުންކޮށް ހުރަސް އަޅަމުން އަންނަ ކަމަށެވެ.

"އެންމެ ކުޑަ މިނުން، މަދު މީހުންކޮޅެއް އެއްވެލިކަމަށް ވިޔަސް ހަމަ ޕެޕާ ސްޕްރޭ އެއްޗެހި ޖަހާފައި އެބަހުރި، އަނެއްކޮޅުން އެނގިވަޑައިގަންނަވާނެ، މީޑިއާތަކުގައި ދައްކާ ވާހަކަތަކާ ގުޅިގެން އެބަހުރި ފިޔަވަޅު އަޅައިފައި" މަޑުއްވަރީ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ރައީސް ޞާލިޙް މިއަދު ވިދާޅުވީ އެއްވެސް ބުރަދަނެއް ހުރި، އަދި އެއްވެސް ހަގީގަތެއް ވެސް އެކުލެވިގެން ނުވާ ވާހަކަފުޅެއް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!