ރައީސް ޞާލިހާއި ރައީސް ނަޝީދު އަޅައި ނުކިޔޭނެ: ބޮންޑޭ
ރައީސް ޞާލިހާއި ކުރީގެ ރައީސް ، ރައީސް ނަޝީދާ އަޅައި ނުކިޔޭނެ ކަމަށާއި ރަައީސް ނަޝީދާއި އެމްޑީޕީގެ މެންބަރުންނާ އޮތީ ހިތާއިހިތުގެ ގުޅުމެއް ނަމަވެސް ރައީސް ސޯލިހަކީ ރައްޔިތުންނާ މާ ގާތް ބޭފުޅެއް ނޫންކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
އަވަސް ނޫހުގެ ސުވާލަކަށް ފަހު ސުވާލެއް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބޮންޑެ ވިދާޅުވީ ރައީސް ޞާލިހަކީ ރަައްޔިތުންނާ ގާތް ބޭފުޅެއް ނޫން ކަމަށާއި އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި އެހާ ގިނަ ދުވަސްވަންދެން އުޅުއްވުމުން މަޖިލިސް މެންބަރުންނާއި އެހެން ބޭފުޅުން ކޮންމެވެސް ވަރަކަށް ދެނެލައްވަނީ ކަމަށެވެ.
"އިބްރާހިމް މުހައްމަދު ޞާލިހަކީ ރައްޔިތުންނާ އެހާ ގާތް ބޭފުޅެއް ނޫން. އެހެން ނަމަވެސް ޕާލިމަންޓްގައި އެހާ ޒަމާންވީމަ ކޮންމެވެސް ވަރަކަށް އޭގެތެރޭގައި އެތިބި މެންބަރުންނާއި ހުރިހާ ބޭފުޅުން ދެނެލައްވާނެ. އެހެން ނަމަވެސް މިއޮންނަ ގުޅުމަކީ އެހެން އެއްޗެއް. އެވަރެއް ނެތް ޞާލިހްގެ އެއް" ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑެ ވިދާޅުވީ ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ވެސް ނަޝީދުގެ ނުފޫޒު އެމްޑީޕީގައި ކުޑަ ނުވާނެ ކަމަށާއި އެ އުންމީދުގައި ތިއްބެވި ބޭފުޅުން އިތުުރު 20 އަހަރު ތިއްބަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. ސިޔާސީ ނުފޫޒަކީ ރައްޔިތުންގެ އިތުބާރުގެ މައްޗަށް ބިނާވެފައި އޮންނަކަމެއް ކަމަށާއި ރައީސް ނަޝީދުއާއި ރައްޔިތުންނާ އޮތީ ހިތާހިތުގެ ގުޅުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ އިތުބާރު އޮތް އެއްވެސް ލީޑަރެއް މި ރާއްޖެއިން އަދި ނުދެކޭ ކަމަށް ބޮންޑެ ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތައް ބޮޑުވެ ޕާޓީގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު ބޮންޑޭ ފެނިގެންދަނީ ރައީސް ނަޝީދަށް ތާއީދުކޮށް ރައީސް ޞާލިހަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާ މެމްބަރެއްގެ ގޮތުގައެވެ.
ޢަމުދުން މިހާރަކު އަޅައެއް ނުކިޔޭނެ…ޑެންމާކުގެ ވާހަކަތަކަށްފަހު.އަދި ދީނާ ޚިލާފަށް ދެއްކި އެހެން ވާހަކަތަކަށްފަހު.ސާލިހު ކުރީގަ.ނާޒިމުގެ ޕާޓީ އަށްފަހު ތާއީދު ހެސްކިޔާފަ.