ދުނިޔެ

ސޫދާނަށް ގެންނަން އުޅުނު އަސްކަރީ ބަޣާވާތް ފެއިލްވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސޫދާނަށް ގެންނަން އުޅުނު އަސްކަރީ ބަޣާވާތް ފެއިލްވެ ގިނައަދަދެއްގެ ސިފައިންގެ އޮފިސަރުން ހައްޔަރުކޮށްފިއެވެ.

Ads by WAMCO

ރިޕޯޓްތައް ބުނާގޮތުގައި މިއަދު ސޫދާނަށް ގެންނަން އުޅުނު ބާޣާވާތް ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި 40 ސިފައިންގެ އޮފިސަރުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. މި މީހުން ވަނީ ގައުމީ ޓީވީ ސްޓޭޝަނާއި މިލިޓަރީ ޖެނެރަލް ކޮމާންޑް ވެސް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

"ހުރިހާ ކަމެއް ވަނީ ކޮންޓްރޯލްގެ ދަށުގައި" ސޫދާނުގެ މިލިޓަރީ ސިވިލިއަން ކައުންސިލް މެމްބަރެއްކަމުގައިވާ މުހައްމަދު އަލް ފާކީ ސުލައިމާން ބުނެފައިވެއެވެ

މިހާރު ސޫދާނުގެ ގައުމީޓީވީއިން ވެސް ދަނީ ގައުމީ ލަވަ ދައްކަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަބަރުތައް ބުނާގޮތުގައި ބަޣާވާތް ކުރުމަށް މަސައްކަތް ކުރި ގިނަ އަދަދެއްގެ ސިފައިން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި މަތީ ރޭންކްތަކުގެ އޮފިޝަލުން ވެސް ހިމެނެއެވެ.

2019ވަނަ އަހަރު ވެސް ސޫދާނުގައި ވަނީ ބަޣާވާތް ކޮށްފައެވެ. އެ ބަޣާވާތް ކާމިޔާބުކޮށް އޭރުގެ ރައީސް ޢުމަރު ބަޝީރު ވަނީ މަޤާމުން ދުރުކޮށްފައެވެ. ސޫދާންގައި ގާތްގަނޑަކަށް 30 އަހަރު ވެރިކަން ކުރެއްވި އުމަރު ބަޝީރަކީ ދެކުނު ސޫދާނުގެ ދާފޫރުގައި ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ގުޅިގެން އައިސީސީން ހޯދަން ބޭނުންވެފައިވާ މީހެކެވެ.

މީގެ ކުރިން ބަޣާވާތަކުން ވެރިކަން ވައްޓައިލުމާ ގުޅިގެން އެފަހަރު ވެސް ސޫދާނުގެ ގިނަ ބަޔަކު ވަނީ މުޒާހަރާއަށް މަގުތަކަށް ނުކުމެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!