އެޑްވަޓޯރިއަލް

ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓްގެ ހިދުމަތް ރަތަފަންދުއަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިރާގުން ފޯރުކޮށްދާ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގުގެ ހައިސްޕީޑް ފައިބަރގެ ޚިދުމަތް ގދ. ރަތަފަންދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

Ads by Sosun Fihaara

ދިރާގުން ގދ. ރަތަފަންދުއަށް މި ޚިދުމަތް ތައާރަފުކޮށްފައި ވަނީ ޑިޖިޓަލް ޓެކްނޮލޮނީ އަދި ވަކިން ޚާއްސަކޮށް އިންޓަނެޓް އަސާސީ ޚިދުމަތަކަށް ވެފައިވައި ދުވަސްވަރެއްގައިއެވެ. މިއީ ވީހާ ވެސް ގިނަ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި، ވީހާ ވެސް ގިނަ ޕެކޭޖްތަކުން އިހްތިޔާރު ކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕޯރޓްފޯލިއޯގައި ކަސްޓަމަރުންނަށް ތަފާތު އަގުތަކާއި ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް ލިބިގެންދާނެއެވެ. އެގޮތުން، ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖް ވެސް ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތުން ލިބިގެންދާނެއެވެ.

ދިރާގު ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި ގޮތުގައި އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއްދެނީ ހައިސްޕީޑް އަދި ފެންވަރު ރަނގަޅު ކަނެކްޓިވިޓީ ރާއްޖޭގެ ވީހާ ވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމެވެ. މިއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޑިޖިޓަލް ކޮމިއިނުޓީތައް ބިނާކޮށް، ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 65 ރަށެއް ހިމެނެއެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!