ސަރުކާރު

ހެއްކާ ބެހޭ ބިލުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ނިގުޅައިގަނެވޭ: މީޑިއާ ކައުންސިލު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ހެއްކާ ބެހޭ ބިލުގެ ސަބަބުން ޤާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ނިގުޅައިގަނެވޭ ކަމަށް މީޑިއާ ކައުންސިލުން ބުނެފިއެވެ.

Ads by MWSC

މީޑިއާ ކައުންސިލުން މިއަދު ބެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހެއްކާބެހޭ ބިލުގެ ސަބަބުން ޤާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ނިގުޅައިގަނެވި، މަސްދަރު ހާމަކުރުމަށް މި މާއްދާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެން ދާނެކަމަށެވެ. އަދި މިއީ އެ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ވެސް ބުނެފައިވެއެވެ.

"ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤަށް އުނިކަން ލިބޭނެފަދަ މާއްދާއެއް ހިމަނައިފައިވުމަކީ، މި ކައުންސިލުން ނުހަނު ކަންބޮޑުވާކަމެކެވެ." އެމްއެމްސީން ނެރުނު ބަޔާނުގައިވެއެވެ.

ޤާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި "ނޫސްވެރިކަން ކުރުމާއި، މުއާޞަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން" ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެ ތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ވެސް ހިމެނެއެވެ. އެ މާއްދާގައި އިތުރަށް ބުނެފައިވާ ގޮތުގައި، މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ.

ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ބަހުސް މަރުހަލައިގައި މިހާރު އޮތް ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ށ) ގައި ނޫސްވެރިޔާގެ މަސްދަރު ޝަރީއަތަށް ހާމަކުރުމަށް، ފަނޑިޔާރުންނަށް މަޖުބޫރު ކުރެވިދާނެ 2 ހާލަތެއް އިސްތިސްނާ ހާލަތުގެ ގޮތުގައި ހިމަނައިފައިވެއެވެ.

Ads by HDC
  1. ޢަމަޔޯ

    ުއެންމެފަހުން އެ ބުނި އެއްޗެއް ވަހުމެއް ނުވި. އެ ތަފްސީލް ކޮށްލުމެއް މެތި ތި ނިންމާލީ ބުނާނެ އެއްޗެއް ނެތީމަތޯ؟ ހަމަ އަހާލީ

  2. ރައްޔިތުމީހާ

    ހިތަށްއަރަނީީ މިމީހުންގެެ ދައުރުނިމޭއިރުު ދިވެހިރާއްޖޭގައިި އެއްވެސްް ދިވެހިރައްޔިތަކަށްް ދިރިިއުޅުމުގެެ ފުޞަތުު އޮންނާނެބާއޭޭ މަށަށްް އަޑުއިވިފަަ ފެނިފަހުރީީ
    ކޮށްފާހުންނަަ ކަންތައްތަކުންވެސްް އުނގެނިފަހުންނަަ އެއްޗަކުންވެސްް ރަނގަޅުު އެއްޗެއްކަމަށްވަންޏާާ އެކަމެއްް އިތުރަށްް މުލިއާކުރާށޭޭ އަދިި އިތުރަށްް ވެސްް އުނގެނޭށޭޭ އެނގިފައިި ހުރިއެއްޗަކީބޭކާރުު ބާތިލުު އެއްޗެއްކަމަށްވަންޏާާ އެއްޗެއްގެެ މަތިންް ހަނދާންވެސްް ނައްތާލާށޭޭ ބުނާއަޑުު އަދިި ލިޔެފަވެސްް އޮންނަތަންް ކޮންމެހެންް ތިމަންނަަ ކުރިކަމަކަށްް ނުވާތީީ ކުރިންް ޢަމަލުކުރަމުންް އަންނަަ ރަނގަޅުު ޤާނޫނުު ތަކާއިި ޤަވަދުތަކާއިި އުސޫލުތައްް ފުނޑުފުނޑުކޮށްލުމުގެެ ބަދަލުގަަ އެކަންކަންް އެއަށްވުރެވެެ ފުރިހަމަކޮށްް އަސްލުު މަގުސަދުު ޙާޞިލްް ކުރެވޭނެެ އެއްޗަކަށްް ހަދަންވީ