ޚަބަރު ސަރުކާރު

ކަރަންޓުގެ ފޯރުކޮށްދިނުމުގައި ކެޕޭސިޓީ ނެތުމުގެ މައްސަލައެއް ދެން ދިމައެއް ނުވާނެ: ސްޓެލްކޯ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ސްޓެލްކޯގެ އެމްޑީ މުޣުނީ ވާހަަކަދައްކަވަނީ: ފޮޓޯ ދެން ، މުޙައްމަދު ހައްޔާން

ހުޅުމާލެއާ މާލެއާ ދެމެދު ކަރަންޓު ވިއުގަ ގުޅާލެވުމާ އެކު މާލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކެޕޭސިޓީ ނެތުމުގެ އެއްވެސް މައްސަލައެއް ދެން ދިމާ ނުވާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

Ads by MWSC

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ ޕީކް ސީޒަނުގައި މާލެއަށް ކަރަންޓު ދިނުމުގައި މީގެ ކުރިން ދިމާވި ކެޕޭސިޓީގެ މައްސަލަތަކަށް، ހުޅުމާލެއާއި މާލެއާ ދެމެދު ކަރަންޓު ވިއުގަ ގުޅާލެވުމާއެކު ހައްލު ލިބިގެންދާނެކަމަށެވެ.

މުޣުނީ ވިދާޅުވީ މާލެއާއި ހުޅުމާލެއާ ދެމެދު އިންޓަކަނެކްޝަންތަކެއް ގުޅައިލުމުން ހުޅުމާލޭގަައި މިހާރު ގާއިމްކޮށްފައިވާ 50 މެގަ ވޯޓްގެ ޕަވާ ޕްލާންޓުން މާލެއަށް ޓްރާންސްފާ ކުރެވޭނެކަމަށެވެ.

"50 މެގަވޯޓުގެ ޕަވާ ޕްލާންޓެއް ގާއިމުކޮށްފައިވާނީ. އެއީ ހުޅުމާލެއަށް މި ވަގުތަށް ބޭނުންވާ ވަރަށްވުރެ އިތުރު ކެޕޭސިޓީ. އެެހެންވީމާ އެ ކެޕޭސިޓީ އަޅުގަނޑުމެންނަށް މާލެއަށް ޓްރާންސްފާކުރެވެން މި އޮންނަނީ މި އިންޓަކަނެކްޝަނާ އެކު. އިރާދަކުރެއްވިއްޔާ ކެޕޭސިޓީގެ މައްސައެއް ދެން ދިމައެއްް ނުވާނެ" މުޣުނީ ވިދާޅުވިއެވެ.

ޖުލައި މަހު ނިންމައިލައިފައިވާ އިންޓަ ކަނެކްޝަންގެ މަސައްކަތާއެކު މިހާރު ވެސް ހުޅުމާލޭގައި ކަރަންޓު ހިދުމަތް ދިނުމަށް ޓަކައި ބޭނުންވާ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ވެސް މުޣުނީ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!