ޚަބަރު

އިސްދޫން ހޮވީ ލައިޓަރެއް، ބޮމެއް ނޫން: އެމްއެންޑީއެފް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ލ.އިސްދޫން ހޮވައިގެން އުޅޭ ބޮމެއް ކަހަލަ އެއްޗަކީ ލައިޓަރެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ވިދާޅުވެއްޖެއެވެ.

Ads by MWSC

އެރަށުން ބޮމެއް ފެނުނު ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާ ގުޅިގެން އެމްއެންޑީއެފްއިން ވިދާޅުވީ، 21 ސެޕްޓެންބަރު ވަނަ ދުވަހު ގްރެނައިޓެއް ކަމަށް ބެލެވުނު އެއްޗެއް އެ ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ބެލި ބެލުމުން އެއީ އެ ސިފައަށް އޮތް ލައިޓަރެއް ކަމަށް އެނގުނު ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއީ ނުރައްކަލެއް ނެތް އެއްޗެއް ކަމަށެވެ.

އިސްދޫން ގްރައިނައިޑެއް ފެނިގެން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، އެ ފެނިފައި ވަނީ އެރަށު ކޮންނަމުން ދިޔަ ސަރަހައްދަކުން ކުޑަ ކުއްޖަކަށް ކަމަށް ރިޕޯޓް ކުރިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!