ޚަބަރު އިޖުތިމާޢީ

ސުލްޠާން ނިޔާވެފައި ވަނީ ދުވުމެއްގެ ތެރެއިން، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައި: އެމްއެންޑީއެފް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރާއްޖެއިން ބޭރުގައި ސިފައިންގެ ތަމްރީން ހަދަމުން ދަނިިކޮށް ނިޔާވީ އއ. ހިމަންދޫ، ރޯޒްމީޑް ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން ކަމަށާއި އޭނާ ނިޔާވީ ނޭޝަނަލް ޑިފެންސް އެކެޑެމީގެ، ކޭމްޕް ގްރީންޒޯންގައި މިއަދު އޮތް އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައިކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ވިދާޅުވެއްޖެއެވެ.

Ads by STELCO

"މިއަދު މެންދުރުފަހު އޮތް މިދުވުމުގެ ތެރޭގައި ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާނު ވެއްޓުމުން ވަގުތުން އިމަޖެންސީގައި 13:58 ހާއިރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާނު ވަނީ ނިޔާވެފައެވެ." އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

ސުލްޠާނު ސިފައިންގެ ހިދުމަތާ ގުޅުނީ 2018 އޭޕްރީލް 8ވަނަ ދުވަހުއެވެ. މިއަދު އޭނާ ނިޔާވިއިރު އޭނާ ދިޔައީ 2021 މާރިޗް 15އިން 2024 މާރިޗް 15އަށް ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށް ގެންދާ 145ވަނަ އޮފިސަރ ކެޑޭޓް ކޯސް ފުރިހަމަ ކުރަމުންނެވެ. މިކޯހަށް ދިއުމުގެ ކުރިން ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން މަސައްކަތް ކުރައްވަމުން ގެންދެވީ އިންޓަގްރޭޓެޑް ހެޑްކްއޯޓަރޒް (ޖޭ-1)ގައެވެ. ލާންސް ކޯޕްރަލް މުޙައްމަދު ސުލްތާނަށް ލާންސް ކޯޕްރަލް ކަމުގެ ރޭންކް ލިބިފައި ވަނީ މި ކޯސް ފުރިހަމަ ކުރަމުން ދަނިކޮށްކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!