ޚަބަރު އިޖުތިމާޢީ

ސުލްތާންގެ މަރުގެ ތަހުޤީޤު ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެއިން ބޭރުގައި ސިފައިންގެ ތަމްރީން ހަދަމުން ދަނިިކޮށް ނިޔާވީ އއ. ހިމަންދޫ، ރޯޒްމީޑް ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާންގެ މަރުގެ ތަހުޤީޤު ފަށައިފިއެވެ.

Ads by STELCO

އިންޑިއާގެ ނެޝަނަލް ޑިފެންސް އެކަޑަމީ (އެންޑީއޭ)އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުލްތާންގެ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމެއް ހެދުމަށް ނިންމައިފައިވާ ކަމަށާއި ސުލްތާން މަރުގެ ތަހުޤީޤުތައް ކުރިޔަށް ގެންދަން އަންގާފައިވާ ކަމަށެވެ.

ސުލްޠާނު ސިފައިންގެ ހިދުމަތާ ގުޅުނީ 2018 އޭޕްރީލް 8ވަނަ ދުވަހުއެވެ. މިއަދު އޭނާ ނިޔާވިއިރު އޭނާ ދިޔައީ 2021 މާރިޗް 15އިން 2024 މާރިޗް 15އަށް ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށް ގެންދާ 145ވަނަ އޮފިސަރ ކެޑޭޓް ކޯސް ފުރިހަމަ ކުރަމުންނެވެ. މިކޯހަށް ދިއުމުގެ ކުރިން ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން މަސައްކަތް ކުރައްވަމުން ގެންދެވީ އިންޓަގްރޭޓެޑް ހެޑްކްއޯޓަރޒް (ޖޭ-1)ގައެވެ. ލާންސް ކޯޕްރަލް މުޙައްމަދު ސުލްތާނަށް ލާންސް ކޯޕްރަލްކަމުގެ ރޭންކް ލިބިފައި ވަނީ މި ކޯސް ފުރިހަމަ ކުރަމުން ދަނިކޮށްކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ސުލްޠާން ނިޔާވީ ނޭޝަނަލް ޑިފެންސް އެކެޑެމީގެ، ކޭމްޕް ގްރީންޒޯންގައި އިއްޔެ އޮތް އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އިއްޔެ މެންދުރު ފަހު އޮތް އެ ދުވުމުގެ ތެރޭގައި ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާނު ވެއްޓުމުން ވަގުތުން އިމަޖެންސީގައި 13:58 ހާއިރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާނު ނިޔާވެފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!