ޚަބަރު އިޖުތިމާޢީ

އަޑިޔަށް ދިޔަ ސަފާރީގައި ތިބި 6 މީހަކަށް ފަރުވާ ދޭން ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އަޑިޔަށް ދިޔަ ސަފާރީގައި ތިބި 6 މީހަކަށް ފަރުވާ ދޭން ފަށައިފިކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމްްއެންޑީއެފުން ވިދާޅުވީ މިއަދު ހެނދުނު ބޮލިފުށި ކައިރިން މާލެއަށް ދަތުރުކުރި “ހޭންޑީ ކްރޫޒަރ” ނަމަކަށް ކިޔާ ސަފާރީ ވަނީ ވިއްސާރަވެ ކަނޑު ގަދަވުމުގެ ސަބަބުން ދިޔަވެ އަޑިޔަށް ގޮސްފައި ކަމަށެވެ.

އަދި ކޯސްޓް ގާޑްގެ އެހީތެރިކަމާއެކު ސަފާރީއިން ދަތުރު ކުރި 17 މީހަކު މާލެ ގެނެސްފައިވާ ކަމަށާއި އޭގެ ތެރެއިން 6 މީހުން އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފަށް އެ ޙާދިސާގެ މައުލޫމާތު ލިބިފައި ވަނީ ހެނދުނު 8:39 ހާއިރުއެވެ. އެމްއެންޑީއެފުން ވަނީ ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ މައުލޫމާތު ލިބެމުންދާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!