ސިޔާސީ

އެމްޑީޕީގެ އިންތިހާބުގައި އިދިކޮޅު ކޯލިޝަން މީހުން ވެސް ވޯޓުލި: އާދަމް ޝަރީފު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު -- ދެން އިމޭޖްސް/މުޙައްމަދު އަރީޙް

އިއްޔެ ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ބައެއް ސަޕޯޓަރުން ވޯޓުލައިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

Ads by MWSC

އާދަމް ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީން އިއްޔެ ބޭއްވި އިންތިހާބުގެ ވޯޓާސް ލިސްޓުގައި ޕީޕީއެމް/ޕީއެންސީގެ ބައެއް ސަޕޯޓަރުންގެ ނަން އޮތުމާ އެކު އޭގެ ތެރެއިން ބައެއް ސަޕޯޓަރުން ވޯޓުލި ކަމަށެވެ.

"އެގަހު ކޭލެއް މި ގަހު ކޭލެއް ނޭނގުނު. މިހެންވުމުން އެމްޑީޕީގެ އަސްލު ވޯޓާސް ޓާންއައުޓް ދެނެގަންނަން ދަތިވާނެ" އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކަށް މިނޫން ގޮތެއް ހަދަން ޖެހޭ ކަމަށެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބާ ގުޅޭގޮތުން "ދެން"އަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފެކްޝަންގެ މެންބަރަކު ވިދާޅުވީ، މި އިންތިޚާބުގައި ވާދަކުރި 97 ގޮނޑީގެ ތެރެއިން މިހާތަނަށް 65 ގޮނޑި ނެގީ އެ ފެކްޝަނުން ކަމަށެވެ. އަދި ރައީސް ނަޝީދުގެ ފެކްޝަނަށް ލިބިފައި ވަނީ އެންމެ 33 ގޮނޑި ކަމަށް އޭނާ ވިދާޅުވިއެވެ.

ބަރުލަމާނީ ބަހުސްއާ އެކު އެމްޑީޕީ ދެފަޅިވިއިރު، މިއީ އެ ޕާޓީގެ ވަރު ހުރި ފަޅި ރައްޔިތުންނަށް ހާމަވެގެން ދިޔަ އިންތިޚާބެކެވެ.

އެމްޑީޕީގެ ގައުމީމަޖިލީހުގައި 141 މެމްބަރުން ތިބޭއިރު، އިއްޔެ އޮތް އިންތިޚާބުގައި އިންތިޚާބު ކުރި ގޮނޑީގެ އިތުރުން އިންތިޚާބަކާ ނުލާ ބައެއް ކެނޑިޑޭޓުންގެ ގޮނޑިތައް ކަށަވަރުވެފައިވެއެވެ. ރައީސް ޞާލިޙަށް 65 ގޮނޑި ކަށަވަރުވުމާ އެކު، ޤައުމީ މަޖިލީހުގައި ރައީސް ޞާލިޙް ކޮންޓްރޯލް ކުރައްވާ ގޮނޑީގެ އަދަދު 100އިން މައްޗަށް އަރާނެއެވެ.

Ads by Ooredoo
  1. ގޮމަކަސްތޫރި

    ވަރަށްދެރަ ސީދާ ޕީޕީއެމްއަށް ހެޔޮނިޔަތުގައި ތާއީދުކުރާނަމަ ކޮށްގެންނުވާނެކަމެއް ތިޔައޮތީކޮށްފާ. އެގޮތަށް ކަންކުރާ މެމްބަރުން ތިބުމަކީ ޕާޓީއަށްއޮތް ހުތުރެއް އަދި ލަދުވެތިކަމެއް. އެބާވަތުގެ ކަންކަން ކުރާނަމަ އެއްވެސްކަމެއް ރަނގަޅެއްނުވާނެ. އިސްލާހެއް ނުކުރެވޭނެ. އެއީ ނަމެއްގަތިބި ޕާޓީމީހުން