ދުނިޔެ

ޔޫކޭގައި ތެލުގެ ޑިމާންޑް ބޮޑުވެ ހަމަނުޖެހުމެއްގެ ބިރަށް އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޔޫކޭގައި ފާއިތުވި އަށް އަހަރު ވެސް ތެލުގެ ޑިމާންޑް ނުދާހާ މައްޗަށް ދިޔުމުގެ ސަބަބުން އުފެދިދާނެ ހަމަނުޖެހުމެއްގެ ސަބަބުން އަސްކަރިއްޔާ ތަައްޔާރީ ހާލަތަށް ގެނެސްފިއެވެ.

Ads by WAMCO

ރިޕޯޓްތައް ބުނާގޮތުގައި ތެލުގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން މިލިޓަރީ ޓޭންކަރުތައް ވެސް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. ޔޫކޭގައި ތެޔޮ އުފައްދާ ކާރުހާނާތަކުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ތެލުގެ ޑިމާންޑް އަނެއްކާވެސް އާދައިގެ ހާލަތަކަށް ދާނެއެވެ.

ޔޫކޭގެ ޕެޓްރޯލް ރީޓެއިލާރސް އެސޯސިއޭޝަނުން ބުނެފައިވާ ގޮތުގައި އެގައުމުގެ 90 އިންސައްތަ ޕެޓްރޯލް ޕަމްޕްތައް ވަނީ އެއްކޮށް ހުސްވެފައެވެ. މިހެން ކަންތައް ދިމާވީ ތެޔޮ ސަޕްލައި ކުރުމުގައި ކުރިމަތިވި ޓްރަކް ޑްރައިވަރުންގެ ދަތިކަމުގެ ސަބަބުން ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

ޔޫކޭގައި ޕެޓްރޯލްގެ ޑިމާންޑް ބޮޑުވެފައިވާ ސަބަބާ ބެހޭ ގޮތުން ސަރުކާރުން ބުނެފައި ވަނީ އެގައުމުގައި ބޭނުންވާ ވަރަށް ތެޔޮ ހުރި ނަމަވެސް ޕެޓްރޯލް ސްޓޭޝަންތަކަށް ޕެޓްރޯލް ޑެލިވަރީ ކުރުމުގެ ދަތިތަކެއް ހުރުމުގެ ސަބަބުން ސަޕްލައި ދަށްވީ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ޕެޓްރޯލް ސްޓޭޝަންތަކުގައި ދިގު ކިޔޫތައް ހަދައިލާފައި ވާއިރު މިކަމުގެ ސަބަބުން އެގައުމުގެ ބޮޑެތި މަގުތައް ވެސް ބަންދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔޫކެގައި މިވަގުތު ތެލުގެ އަގުތައް ހުރި ގޮތަށް ބަލައިލާއިރު ޕެޓްރޯލް ލީޓަރެއް ލިބެން ހުރީ 1.366 ޕައުންޑަށެވެ. މިއީ 2013ވަނަ އަހަރުގެ ފަހުން ތެލުގެ އަގު މިހާ މައްޗައް ޖެހުނު ފުރަތަމަ ފަހަރެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!