ދުނިޔެ

ވެކްސިން ފުރިހަމަ ކޮށްފައިވާ ނަމަ ލަންކާއަށް ގޮސް ޕީސީއާރް ޓެސްޓު ހަދާކަށް ނުޖެހޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން، ޕީސީއާރް ނައްސި ނަތީޖާ އަކާ އެކު އަވައްޓެރި ޝްރީލަންކާއަށް ދާ ނަމަ އަލުން ޕީސީއާރް ޓެސްޓް ހަދަން ނުޖެހޭ ގޮތަށް އުސޫލެއް ހަމަޖައްސައިފިއެވެ.

Ads by Sosun Fihaara

މި އުސޫލަށް މިރޭ 00:00އިން ފެށިގެން ޢަމަލު ކުރަން ފަށާނެ ކަަމަށް ޝްރީލަންކާގެ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. އެހެން ގައުމުތަކުން ލަންކާއަށް އެތެރެވޭ އެ ގައުމުގެ މީހުންނާއި އެހެން ގައުމުތަކުގެ މީހުންނަށް ވެސް މި އުސޫލު ހިނގާނެ ކަމަށް ވެސް އެ ޤައުމުގެ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން ލަންކާގެ ހެލްތު މިނިސްޓްރީން ބުނެފައި ވަނީ، ވެކްސިން ފުރިހަމަނުކޮށް އެޤައުމަށް އެތެރެވާ އެހެން ގައުމުތަކުގެ މީހުންނަށް އެ މީހަކު ހުންނަ ހޮޓަލަކާ ހިސާބަށް ދިއުމުގެ އިންތިޒާމު ހަމަޖައްސައިދީ އެ ހޮޓަލަކުން ޓެސްޓުކުރެވޭނެ ކަމަށް ވެސް ނިންމައިފައިވާ ކަމަށެވެ. ވެކްސިން ފުރިހަމަ ނުކުރާ ލަންކާ މީހުން ގައުމަށް އެތެރެވުމާ އެކު އެއާޕޯޓުން ނުވަތަ ހޮޓަލުން ޕީސީއާރް ޓެސްޓް ހަދައިދޭނެ ކަމަށް ބުނެފައިވެއެވެ. އަދި ޓެސްޓްގެ ނަތީޖާ ނައްސި ނަމަ ގޭގައި ކަރަންޓީނު ވެވޭނެއެވެ. ކަރަންޓީނުން ދޫކޮށްލާނީ 12 ދުވަސް ފަހުން އަލުން ޓެސްޓުކޮށް ނައްސި ނަމައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!