ބޮލީވުޑް މުނިފޫހިފިލުވުން

90 ގެ އަހަރުތަކުގައި ލަތާ ކިޔާފައިވާ ލަވައެއް ރިލީޒް ކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ލަތާ، ގުލްޒާރު، ވިޝާލް

ބޮލީވުޑްގެ ލެޖެންޑްރީ ލަވަ ކިޔުންތެރިޔާ ލަތާ މަންގޭޝްކަރު 90ގެ އަހަރުތަކުގައި ކިޔައިފައިވާ ލަވައެއް އޭނާގެ އުފަންދުވަހާ ދިމާކޮށް މުޅީން އަލަށް ރިލީޒް ކޮށްފިއެވެ.

Ads by STELCO

ފިމްލްމޭކާ ވިޝާލް ބާރދްވަޖްގެ ފަރާތުން ލަތާގެ އުފަންދުވަހަށް ދިން މި ހާއްސަ ހަދިޔާއާ އެކު ފޭނުން ވެސް ވަނީ ގިނަ ތަހުނިޔާތައް ލަތާއަށް ފޮނުވައިފައެވެ. އިންޑިއާގެ ލެޖެންޑްރީ ޅެންވެރިޔާ ގުލްޒާރު ލިޔެފައިވާ މި ލަވަ"ޓީކް ނެހީ ލަގްތާ" ރިލީޒްކޮށްފައި ވަނީ ވީބީ މިއުޒިކްގެ އިމޭޖްގެ ދަށުންނެވެ.

މިލަވައިގެ ވީޑިޔޯގައި ލަތާގެ ޒުވާން ދުވަސްވަރުގެ ފޮޓޯ ވެސް ވަނީ ހިމަނައިފައެވެ. އަދި ލަތާގެ ދިރިއުޅުމުގެ މުހިންމު ވާހަކަތަކެއް ވެސް މިވީޑިއޯގައި ވަނީ ކިޔައިދީފައެވެ. މިގޮތުން އޭނާ އުފަންވުމާ އެކު އޭނާއަށް ދިން ނަމަކީ "ހެމާ" ކަމަށާއި ނަމަވެސް ފަހުން ލަތާގެ ބައްޕަ އޭނާގެ ނަން "ހެމާ"އިން ލަތާއަށް ބަދަލު ކުރިކަމަށް ވެސް މިވީޑިޔޯގައި ބުނެފައިވެއެވެ.

ލަވައާ ބެހޭގޮތުން ވާހަކަ ދައްކަމުން ވިޝާލް ބުނީ އެ ޒަމާނުގެ ލަވަތަކުގެ ކެސެޓްތަައް އަބަދުވެސް ގެންގުޅޭ ކަމަށާއި މި ލަވައަކީ ވެސް ކެސެޓެއްގައި ގެންގުޅެނިކޮށް ގެއްލިފައިވާ ލަވައެއް ކަމަށެވެ.

"އޭރުގެ ލަވަތައް ކެސެޓެއްގައި ގެންގުޅެން. މި ލަވަ ވެސް އެހެން ގެންގުޅެނިކޮށް ގެއްލުނީ. ރިލީޒް ކުރަންވީބާއޭ ހިތުގައި އޮތް އޭރު ވެސް. މީގެެ ތިން އަހަރު ކުރިން އަނެއްކާ މި ފެނުނީ. މިލަވަ އަސްލު ރިކޯޑް ކުރި ސްޓޫޑިއޯއިން ފެނުނީ" ވިޝާލް ބުންޏެވެ.

މިލަވަ ރިލީޒްކޮށް ވިޝާލް ވަނީ އޭނާގެ އިންސްޓަގްރާމްގައި ލަތާއަށް ހާއްސަ މެސެޖެއް ވެސް ދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!