ބޮލީވުޑް މުނިފޫހިފިލުވުން

އަރްޖުން ކަޕޫރުގެ "ވެއިޓް ލޮސް ޓްރާންސްފޮމޭޝަން" އަންތަރީސް ކޮށްލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އަރްޖުން ކަޕޫރު ކުރިން އަދި މިހާރު

އަރްޖުން ކަޕޫރުގެ ރީތި އަދި ފިޓު ހަށިގަނޑަކީ އޭނާގެ ފިލްމުތައް ހިނގުމުގައި މައިގަނޑު ދައުރެއް އަދާ ކުރާ އެއް ކަންތަކޭ ވެސް ބުނެވިދާނެއެވެ. ރީތިކަމާއި ފިޓުކަމަށް ބޮލީވުޑްގައި މަޝްހޫރު ބަތަލާ މަލައިކާ އަރޯރާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަރްޖުން ކަޕޫރުގެ ބިޔަ އަދި ފިޓު ހަށިގަނޑަކީ އޭނާގެ ރީތިކަމުގެ 75 އިންސައްތައޭ ވެސް ބުނެވިދާނެއެވެ.

Ads by MWSC

އެހެން ނަމަވެސް ބޮލީވުޑަށް އޭނާ ނުކުންނަށް ތައްޔާރުވިއިރު އޭނާއަކީ މިހާ ރީތި ހަށިގަނޑެއްގެ ވެރިއެއް ނޫނެވެ. އޭރު ބަރުދަނުގައި 140 ކިލޯ ހުރިކަމަށް ވެސް އޭނާ ބުނެއެވެ. އެހެން ނަމަވެސް "ފެޓު ޓު ފިޓް"އަށް ދާން އޭނާ ކުރި މަސައްކަތަކީ ފޭނުން އާޝޯހުކޮށްލި މަސައްކަތެކެވެ.

އަރްޖުން ބުނި ގޮތުގައި އޭރު އޭނާ ދުވާލަކު 4 ބާގާއާއި ސްޓްރޯބެރީ މިލްކްޝޭކަކާއި ފްރެންޗް ފްރައިސް ކައެވެ. އެހެން ނަމަވެސް "ފެޓު ޓު ފިޓް"ގެ ދަތުރުގައި އޭނާގެ "އިންސްޕިރޭޝަން"އަކަށްވީ ސަލްމާން ހާން ކަމަށާއި ސަލްމާންއާ އެކު މަސައްކަތް ކުރެވުނު ކަމުގައި އޭނާ ބުނެއެވެ. މިގޮތުން ބަރުދަން ލުއިކޮށް ފިޓް މީހަކަށް ވުމުގެ ދަތުރު އޭނާ ފެށީ އުމުރުން 20 އަހަރުގައި ކަމަށާއި ބަރުދަނުން 50 ކިލޯ ދުއްވައިލާން 3 އަހަރު ނެގި ކަމަށް އޭނާ ބުންޏެވެ.

މި ދަތުރުގައި ކެއުމަށް ގެނައި ބަދަލުތަކުގެ އިތުރުން އޭނާ ކަސްރަތުކޮށް ޖިމަށް ދާން ފެށިކަމަށް އޭނާ ބުންޏެވެ. އަދި މި އުދަނގޫ ދަތުރު ފުރިހަމަ ކުރުމަށް މަސްތަކެއް ނެގި ނަމަވެސް ބައެއް މީހުންނަށް އެންމެ މަހަކުން ވެސް މިކަން ކޮށްލެވޭކަމަށް އޭނާ ވަނީ ބުނެފައެވެ. މިކަމަށް ޓަކައި ބޭނުން ވަނީ ފައްސި ވިސްނުމަކާއި ހިތްވަރު ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

Ads by HDC
  1. ސަންފަ

    ފަޒުނާ އަޅެ މީ ކޮން އިރެއްގެ ވާހަކައެެއް
    ތަންކޮޅެއް އާ ވާހަކަ ލިޔަން ދަސްކޮށްބަލަ . މަހިތުން މިވާހަކަތައް ރާއްޖޭގެ ނޫސްތަކުގައި ވެސް މީގެ ބާރަ އަހަރު ކުރިން ލިޔެ ބާވެފައިވަނީ.