ބޮލީވުޑް މުނިފޫހިފިލުވުން

ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ: މޮހްސިން ހާންގެ ފަހު އެޕިސޯޑް ޝޫޓްކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

2009 ވަނަ އަހަރުން ފެށިގެން ދައްކަން ފަށައިފައިވާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ"ގައި މިހާރު ލީޑް ރޯލް އަދާ ކުރަމުން އަންނަ މޮހްސިން ހާން (ކާރްތިކް) އަދި ޝިވާންގީ ޖޯޝީ (ނައިރާ) އެ ޝޯއިން ވަކިވާން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުނުތާ ދުވަސްކޮޅެއް ވެފައިވީ ނަމަވެސް މިހާތަނަށް ވެސް ރަސްމީކޮށް އެކަން އިއުލާނުކޮށްފައެއް ނުވެއެވެ.

Ads by Sosun Fihaara

އެހެން ނަމަވެސް މޮހްސިން މި ވަނީ އޭނާގެ އިންސްޓަގްރާމްގައި ފޭނުންނާ މިިކަން ހިއްސާކޮށްފައެވެ. އޭނާގެ ފެއާވެލްގެ ފޮޓޯތަކެއް ފޭނުންނާ ހިއްސާކޮށް ޝޫޓިންގެ ފަހު ދުވަސް ކަަމަށް ބުނެފައިވާއިރު މިއީ ފޭނުންނަށް ލިބުނު ހިތާމަވެރި ޚަބަރެކެވެ.

2009ވަނަ އަހަރު ދައްކަން ފެށި ޑްރާމް ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭއަށް އަނެއްކާ ވެސް ޖެނެރޭޝަން ލީޕެއް އައިސް މޮހްސިން ހާން ޝޯ ދޫކޮށްލާނެކަމަށް ބުނެފައިވާއިރު އެ ރޯލު އޭނާ ދޫކޮށްލަނީ އުމުރުން ދުވަސް ވީ މީހެއްގެ ރޯލު ކުޅެން އޭނާ ބޭނުން ނުވާތީކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. މީޑިޔާ ތަކުން މޮހްސިންއާ އެ ސުވާލު ކުރުމުން އޭނާ ބުނީ އޭނާއަށް އެސުވާލަށް ސީދާ ޖަވާބު ނުދެވޭނެކަމަށާއި ހުއްޓައި ނުލައި ޝޯ ބެލުމަށް އެދޭ ކަމަށެވެ.

ޝޯއިން ކާރްތިކްއާއި ނައިރާ ވަކިވާން ނިންމައިފައިވާއިރު މިހާރު ދަނީ ޝޯއާ އަލަށް ގުޅޭ ކާސްޓުންގެ ޕްރޮމޯއެއް ދައްކަމުންނެވެ. އެހެން ނަމަވެސް ކުރިއަށް ލީޕްއާއެކު ޝޯއަށް އަންނާނެ ބަދަލެއް އަދި ލަފާ ކޮށްލަން ނޭނގޭކަމަށް ޚަބަރުތައް ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!