ޝަރުޢީ ދާއިރާ

އާގިލް މަރައިލި މައްސަލައިގެ އަޑުއެހުމެއް މާދަމާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގދ. ފަރެސްމާތޮޑާ/ ކޮކާ، އިބްރާހިމް އާގިލް (18އ) މަރައިލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހަށް ތާވަލްކޮށްފިއެވެ.

Ads by STELCO

މި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މި އަޑުއެހުން ތާވަލްކޮށްފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9:00އަށެވެ.

އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20ވަނަ ދުވަހުގައެވެ.

އާގިލް މަރުވެފައި ވަނީ 2018 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 31 ވަނަ ދުވަހު އެމްއެމްއޭ ކުރިމަތިން އޭނާއަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އެރޭ އިރާކޮޅު 7:30ހާއިރުއެވެ.

އާގިލް މަރައިލި މައްސަލައިގެ ޝަރީޢަތް ދިގުލައިގެން ދާތީ ކްރިމިނަލް ކޯޓުން ވަނީ މި މަހުގެ 3، 17 އަދި އަންނަ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު އަޑު އެހުންތައް ބާއްވަން ތާވަލްކޮށްފައެވެ. އަދި ޑިސެމްބަރު މަހުގެ 13ވަނަ ދުވަހު މި މައްސަލައިގައި ހުކުމް އިއްވުމަށް ވެސް ވަނީ ނިންމައިފައެވެ.

މި މައްސަލައިގެ އަޑުއެހުންތަކުގެ ތާވަލު މިގޮތަށް އެކުލަވައިލި ނަމަވެސް، ފަހުން ދިމާވާ ސަބަބަކާ ހެދި އަޑުއެހުމެއް ފަސްކުރަން ވެސް ޖެހިދާނެކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެފައިވެއެވެ.

އާގިލް މަރާލި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ ތިން މީހެއްގެ މައްޗަށެވެ. އެއީ ލ. ފޮނަދޫ/ ހިޔާ ހަމްދޫން ހަމްޒަތާއި ސ. ހިތަދޫ/ ސްވޭހުހީނާގެ އަލީ މިޖުވާދު މާލިކު އިބްރާހީމްގެ އިތުރުން، ހއ. ދިއްދޫ/ ސްނޯބާޑް އިބްރާހީމް ވިޝާމްގެ މައްޗަށެވެ. މި ތިން މީހުން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

މި ތިން މީހުންގެ ތެރެއިން ހަމްދޫން އާއި މިޖުވާދު މައްއްޗަށް އުފުލައިފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ވިޝާމްގެ މައްޗަށް އުފުލައިފައި ވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!