"އިހުލާސްތެރި ޕާޓީ" އުފައްދަން ދިން ހުއްދަ ބާތިލު ކޮށްފި
                                                        "އިހްލާސްތެރި ޕާޓީ މޯލްޑިވްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ދިން ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ)އިން ބާތިލްކޮށްފިއެވެ.
އައު ސިޔާސީ ޕާޓީއެއް އުފައްދަން މ.ކެލަން މުހައްމަދު އިސްމާއިލް ވަނީ މީގެ ކުރިން "ކަރިޝްމާ ޕާޓީ"ގެ ނަމުގައި ދެ ފަހަރެއްގެ މަތިން ވަނީ ހުށަހަޅައިފައެވެ.
ނަމަވެސް އެ ހުއްދަ ނުލިބުމުން އޭނާ ހުށަހެޅީ "އިހުލާސްތެރި ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށެވެ. އަދި އެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މިދިޔަ ހޮނިހިރު ދިނުމަށް ފަހު، މިއަދު އީސީން ވަނީ އެ ހުއްދަ ބާތިލު ކޮށްފައެވެ.
މިކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އެ ހުއްދަ ބާތިލު ކުރީ މުޙައްމަދު އިސްމާއިލްގެ އެދުމުގެ މަތިން ކަމަށެވެ.
ކަރިޝްމާ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން މުހައްމަދު އިސްލާއީލް އެންމެ ފުރަތަމަ ހުށަހެޅީ 2019 ވަނަ އަހަރުގައެވެ. އެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދަ އެއިރު ނުލިބުމުން، މިދިޔަ މަހު ވެސް އޭނާ ވަނީ އެނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އޭނާ ވަނީ އެދި ހުށަހަޅައިފައެވެ.
 
 
            
                    
            
                    
            
                    
            
                    
		
		
		
		
		
ނިގޫ ޕާޓީ ގެ ނަމުގައި ޕާޓީ ހަދަންވީ ނޫން. ނަމެއް ނޭގިގެން އުޅޭމީހެއްދޯ ތި އިސްސޭ އަކީ