ޚަބަރު

ދެ މަޤާމު ފުރުއްވުމުން ރާއްޖެއަށް ލިބޭ ގެއްލުން ބޮޑު: އާދަމް ޝަރީފް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ ފޮރިން މިނިސްޓަރުކަމުގެ އިތުރުން އދ.ގެ ޢާންމު މަޖިލީހުގެ ރައީސްކަން ފުރުއްވަމުން ރާއްޖެއަށް ލިބޭނެ ގެއްލުން ބޮޑުކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މިހާރުގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

Ads by MWSC

އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު ރާއްޖެ ވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.

އާދަމް ޝަރީފް ވިދާޅުވީ ފޮރިން މިނިސްޓަރުގެ ފަހަތްޕުޅުގައި ރައީސުލްޖުމްހޫރިއްޔާ ހުންނެވުމަކީ ސީރިއަސް "ހައިރާކީ" މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ ޢަބްދުﷲ ޝާހިދު ދެ މަޤާމު ފުރުއްވަމުން ގެންދިއުމުން ރައްޖެއަށް ލިބޭ ގެއްލުން ބޮޑުކަމަށެވެ. މީގެ އިތުރުން އާދަމް ޝަރީފް ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަޤާމަށް ޤާބިލް ޒުވާން ބޭފުޅަކު އައްޔަންކުރުމަށް ވެސް ގޮވައިލައްވައިފައެވެ.

އާއްމު މަޖިލީހުގެ ރިޔާސަތާ ޝާހިދު ހަވާލުވެވަޑައިގެންނެވީ ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހުއެވެ. އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ އިންތިޚާބު, މިނިސްޓަރ ޝާހިދު ކާމިޔާބު ކުރައްވައިފައި ވަނީ 143 ވޯޓުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!