ފުޓްބޯޅަ

މޮޅުވީ ގެނައި ބަދަލުތަކުންނެއް ނޫން، ކުޅުންތެރިން ކުރި މަސައްކަތުން: ޤައުމީ ކޯޗް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ޤައުމީ ކޯޗް އަލީ ސްޒޭން.. ވަގުތު އިމޭޖްސް

އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރޭ ރާއްޖެ މޮޅުވީ ގެނައި ބަދަލުތަކުން ނޫން ކަމަށާއި މެޗުން މޮޅުވުމަށް އެންމެ މުހިންމު ފެކްޓާއަކަށް ވެގެން ދިޔައީ ކުޅުންތެރިންގެ މޯޓިވޭޝަން ކަމަށް ޤައުމީ ކޯޗް އަލީ ސުޒޭން ބުނެފިއެވެ.

Ads by STELCO

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ ބަދަލުތައް ގެނައީ ކުޅުންތެރިންނަށް އަނިޔާވުމުން މަޖުބޫރުވެގެން ކަމަށާއި މެޗުން ތަފާތު ފެނުނީ ހުރިހާ ކުޅުންތެރިންގެ މަސައްކަތުން ކަމަށެވެ.

"ތަފާތު ފެނުނީ ދިވެހި ކޮންމެ ކުޅުންތެރިޔަކު އެ ކުޅުންތެރިޔެއްގެ މޯޓިވޭޝަންއާ އެ މީހުންގެ މަސައްކަތް. ބަދަލު ކުރީ އިންޖަރީވެގެން އެއްވެސް ގޮތަކަށް އަނެއްހެން ބަދަލެއް ކުރާކަށް ނޫން. ހަމަ މަޖުބޫރު ވެގެން ކުރި ބަދަލުތަކެއް." ސްޒޭން ބުންޏެވެ.

މިރޭގެ މެޗްގެ ފުރަތަމަ 11އަށް ގެނައި ބަދަލަކީ އައިސަމް އިބްރާހިމް (ޓޯނީ)ގެ ބަދަލުގައި ހުސައިން ނިހާން (ނިހާޓް) ކުޅެން އެރުވުމެވެ. އަދި ނޭޕާލް މެޗުގައި ފުރަތަމަ އެގާރައިގައި ހިމަނައިގެން ފާޑުކިއުން އަމާޒުވި މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) މެޗްގެ ފުރަތަމަ 11ގައި ހިމެނި ނަމަވެސް މެޗުގެ ކުރީ ކޮޅު ލިބުނު އިންޖަރީއަކުން އޭނާ ބާލުވައި އިބްރާހީމް އައިސަމް ކުޅެން އެރުވިއެވެ. އަޑުބަރޭ ބޭލުމާ އެކު ރާއްޖެއިން ވަނީ މިޑްފީލްޑުން ރަނގަޅު ބޯޅަތަކެއް އެޓޭކް ކުރަން ތިބި ފޯވާޑުންނަށް ދީ ގިނަ އެޓޭކްތަކެއް އުފައްދައިފައެވެ.

ރޭގެ ޕްރެސްގައި ސްޒޭން ވަނީ ރޭ އަލަށް ކުޅެން އެރުވި ނިހާޓަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.

"ޚާއްސަކޮށް އެޓޭކިންގައި އޭނާ ވަރަށް ބޮޑު ރޯލެއް އަދާކުރާ ގޮތަށް އޭނާ މެދަށް ލައިގެން މި ކުޅުނީ. އެހެންވީމާ އޭގެ ފައިދާ ވަރަށް ރަނގަޅަށް ފެނުނު." ސްޒޭން ބުންޏެވެ.

ރޭގެ މެޗުން ރާއްޖެ މޮޅުވުމާ އެކު ރާއްޖެއަށް ތިން ޕޮއިންޓް ލިބި މިހާރު އޮތީ ތާވަލްގެ ތިން ވަނައިގައެވެ. ރާއްޖެ ދެން ނިކުންނާނީ ލަންކާއާ ދެކޮޅަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!