ދީން

ވަޒީފާ ގެއްލި ގޮތް ހުސްވެފައިވީ ދިވެހި އުޚްތެއްގެ ޙަޔާތް ތަޙައްޖުދު ނަމާދުގެ ސަބަބުން އުޖާލާވި ގޮތުގެ ވާހަކަ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ ދިވެހި އުޚްތަކަށް ދިމާވި ޙަޤީޤީ ހާދިސާ އެކެވެ.

Ads by STELCO

އެއުޚްތާ ވަނީ މީސްމީޑިއާގައި މިވާހަކަ ހިއްސާ ވެސް ކޮށްފައެވެ. މިއީ ނުހަނު އިބްރަތްތެރި ވާހަކައެއް ކަމުން، މިވާހަކަ މި ހިއްސާކޮށްލަނީ އޭނާގެ އިޒުނައާއެކުގައެވެ.

"އެއީ 2018 ވަނަ އަހަރެވެ. އަހަރެންގެ ވަޒީފާ ގެއްލުނެވެ. އާއިލާގައި އާމްދަނީއެއް ހޯދަން އެވަގުތު މަސައްކަތް ކުރާ މީހަކީ ހަމައެކަނި އަހަރެންކަމުން، ވަޒީފާ ގެއްލިފައި ހުރުންވީ ކުރިމަތިވި ވަރަށް ބޮޑު ދަތިކަމަކަށެވެ. އަހަރެން ހުރީ ހާސްކަން ބޮޑުވެ، ގޮތް ހުސްވެފައެވެ.
اللهގެ ޙަޟްރަތަށް ކުއްތަންވާންވީކަން އަހަންނަށް އަބަދުވެސް އެނގެއެވެ. ނަމަވެސް އެއަހަރު އަހަންނަށް ހުރެވުނީ ޝައިޠާނުގެ ބަހަށް ހެއްލި ހުސްވެފައެވެ. އަހަންނަށް އެނޫން ގޮތެއް ނެތޭ، އަހަންނަށް ވަނީ ހުރިހާ ގޮތެއް ހުސްވެފައޭ ހީވާވަރަށް އަހަންނަށް ހުރެވުނީ ޝައިޠާނާއަށް ގެއްލެވިފައެވެ.

އެއްރޭ އަހަރެން އެފްބީ ބަލަނިކޮށް "ތަޙައްޖުދު" (ދަމުނަމާދު) އާއި ބެހޭގޮތުން ލިޔެފައި އޮތް ޕޯސްޓެއް ފެނުނެވެ.
އެޕޯސްޓުގައި އޮތް އިބާރާތްކޮޅަކަށް ގެއްލިފައި އަހަންނަށް އިނދެވުނެވެ. އެއީ އަހަންނަށް ކުރިން ފެނިފައިނުވާ އިބާރާތް ކޮޅެކެވެ. އޭގައި ލިޔެފައިވަނީ ދިރިއުޅުމުގައި ތިމާ ވަރަށް ބޮޑަށް ކަމެއް ބޭނުންވާއިރު، އެކަމަކަށް ތަޙައްޖުދުގައި ނޭދޭނަމަ އޭގެ މާނައަކީ ހަގީގަތުގައި ތިމާ އެކަމެއް ބޭނުންވެސް ނުވާ ކަމެވެ.
އަހަރެން ހިތާއި ހިތުން ސުވާލު ކޮށްލީމެވެ. އެކަލާނގެ އަހަންނަށް މިފަދައިން ކަންކަން ހަނދުމަ ކޮށްދެއްވާއިރު، އަހަރެން އުންމީދު ކަނޑާލަންވީ ކީއްވެ ހެއްޔެވެ؟ އެކަމަކަށް އަހަރެން އެކަލާނގެ ޙަޟްރަތުން ނުވެސް އެދޭއިރު، އަހަރެން އެކަން ނުވާނެކަމަށް ދެކި އުންމީދު ކަނޑާލަންވީ ކީއްވެ ހެއްޔެވެ؟

އަހަންނަށް މިކަންތައް އެނގުމަށްފަހު އެންމެ ވަގުތުކޮޅެއް ވެސް ބޭކާރެއް ނުކުރަމެވެ. ތަޙައްޖުދު ނަމާދު ކުރަން ފެށީމެވެ.
އެއްވެސް ކަމަކީ ހަމަ ވަގުތުން ވަގުތަށް ވާނެ ކަންކަމެއް ނޫންކަން އަހަންނަށް ވެސް އެނގެއެވެ. އެކަމެއް ވާނެެ ކަމަށް ފުރިހަމައަށް ޤަބޫލުކޮށް ކެތްތެރިވެސް ވާންވާނެއެވެ. އެހެންކަމުން އަހަރެން ކެތްތެރިވީމެވެ. އަދި ކަންކަމުގައި އަހަރެން ގެންގުޅުނު އުސޫލުތައް ވެސް ބަދަލު ކުރީމެވެ. ކަމެއް ނުވުމުން އެކަމާއި ރުޅިއައިސް ކަންބޮޑުވުމުގެ ބަދަލުގައި، ހުރިހާ ކަމެއް ވެސް އެކަލާނގެ ޙަޟްރަތައް ދޫކޮށްލެވެއެވެ.

ޙަސްބިޔަﷲ. އޭގެ ހަ މަސް ފަހުން، 2019 ގައި އަހަންނަށް ދެ ތަނަކުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބުނެވެ. ވިސްނަން މާގިނަ ވަގުތެއް ހޭދަ ނުކޮށް އަހަރެން ދެވަނައަށް ލިބުނު ވަޒީފާއަށް ދާން ނިންމީމެވެ. އަލްޙަމްދުލިއްﷲ އަހަންނަކީ އަދިވެސް އެތަނުގެ ޓީޗަރަކީމެވެ."

Ads by HDC
  1. ޢަލީ

    ވ ރަނގަޅު ވާހަކައެއް އެކަމު މިލިޔުމާއި އެކު ތަޙައްޖުދު ކުރާގޮތް ނުވަތަ އެޕޯސްޓެއް ލިންކު ކޮއްލިނަމަ ވަރަށް ފުރިހަވީސް މިދިވެހިރާއްޖެއަށް އުފާފާގަތިކަން މިންވރު ކުރައްވާށި…. ދިވެހިން ނަށް ހެޔޮވިސްނުން ދެއްވާ އޯގާތެރި ވެރިން ލައްވާށި، އާމީން