ޚަބަރު

ހަމަލާއަށް ފަސް މަސް: ރައީސް ނަޝީދު ފެންނަނީ ވަރަށް ފިޓްކޮށް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މެއި މަހު ދިން ހަމަލާއަށް ފަހު، ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް ރައީސް ނަޝީދު އަދިވެސް ހުންނެވީ ރާއްޖެއިން ބޭރުގައެވެ. ރާއްޖެއިން ބޭރުގައި ހުންނެވި ރައީސް ނަޝީދުގެ ކޮއްކޯފުޅު ނަޝާތު ސައްތާރު މިއަދު ހިއްސާ ކުރެއްވި ވީޑިއޯއިން ރައީސް ނަޝީދުގެ ސަޕޯޓަރުންނަށް ވަނީ ހިތްހަމަ ޖެހުމެއް ލިބިފައެވެ.

Ads by Hajj Corporation

ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައި ވަނީ ސެޕްޓެންބަރު މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. އެހެން ނަމަވެސް އެ މުއްދަތު ފަހަނަ އަޅައިގެން ދިޔައިރު ވެސް ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. ރައީސް ނަޝީދު އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ވީހާވެސް އަވަހަކަށް ރާއްޖެ ވަޑައިގަތުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް ފަހުން ވިދާޅުވީ، ހަމަލައެއްގެ ބިރު އަދިވެސް އޮތުމުން ރާއްޖެ އައުން ލަސްކޮށްފައިވާކަމަށެވެ. މިއާއެކު ރައީސް ނަޝީދަށް ސަޕޯޓް ކުރައްވާ ގިނަ ބަޔަކު ތިބީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު މިއަދު ޓްވިޓަރގައި ހިއްސާ ކުރެއްވި ވީޑިއޯގައި ރައީސް ނަޝީދު ޓްރެޑްމިލްއެއްގައި ދުވާ މަންޒަރު ފެނެއެވެ. ރައީސް ނަޝީދުގެ ވައަތު ފައިގައި މަލަންކޮޅެއް އަޅައިފައި ހުރިއިރު، އިތުރު ޒަޚަމެއްގައި މަލަން އަޅައިފައިވާ ތަނެއް ނުފެނެއެވެ. ރައީސް ނަޝީދު ހުންނެވީ ވަރަށް ފިޓްކޮށެވެ. އެ ޓްވީޓަށް ރިޕްލައި ކުރަމުންދާ ފަރާތްތަކުން ވެސް ބުނަމުންދަނީ އެހެންނެވެ، އަދި ރައީސް ނަޝީދު ރާއްޖެ އައުމަށް ކުރަމުންދާ ހިތްވަރަށް ގިނަ ބަޔަކު ވަނީ ސާބަސް ކިޔައިފައެވެ.

ރައީސް ނަޝީދަށް ހަމަލާދިން ފަރާތްތައް ހޯދައި ޝަރީއަތުގެ މަރުހަލާ މިހާރު ދަނީ ކުރިއަށެވެ، ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެން ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަށް ކެންޕެއިނެއް ފައްޓަވައިފައެވެ. މި ކެންޕެއިންނާ ރައީސް ޞާލިޙް ދެކޮޅެވެ. މިއާ އެކު އެމްޑީޕީގައި މިހާރު ވަނީ ދެ ފެކްޝަނެއް އުފެދިފައެވެ.

Ads by Ooredoo
  1. ސެއްޅި

    ތިޔަ ކަލޭގެ އަށް ސަޕޯޓު ކުރަނީ ލާދީނީ ބަޔަކު…. އަޅެ ޑެންމާކުގައި ދެއްކި ވާހަކަ ތަކަށް ތިޔަ ލާދީނީ ކުދިން ކޮޅު ނިކަން ޖަވާބެއް ދީބަލަ..ނުކެރޭނެ.ހަޔާތް ގޮވިދާނެ..އޭނާ ކުރީގަ ތަރިއެއް ބާލަދީފަ އޮތަސް އެހުރިހާ ކަމެއް ﷲ އާއި ރަސޫލާ(ޞޢވ)އަށް ފުރައްސާރަ ކޮށް މަލާމާތް ކުރުމުން ދިވެހިންގެ ގިނަ ބަޔަކު ނަފުރަތު ކުރޭ.ތައުބާވޭ.

  2. އެބޭޅާ

    މީތޯ އެއްކަލަ ފިޓްފަޒީލް