ޚަބަރު

ރައީސް އޮފީހުގެ ބޭނުމަށް 1،600 ޓިކެޓް ގެންގޮސްފި، ސަޕޯޓަރުން ތިބީ މާޔޫސްވެފައި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ރާއްޖެ-ބަންގާޅު މެޗުގެ ތެރެއިން.. ފޮޓޯ/ރައީސް އޮފީސް

ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު ރާއްޖެއާއި ސްރީ ލަންކާ ކުޅޭ މެޗަށް ވިއްކުމަށް ހަމަޖެހިފައިވާ 5،000 ޓިކެޓްގެ ތެރެއިން 1،600 ޓިކެޓް ރައީސް އޮފީހުން ނަގައިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެެވެ.

Ads by Sosun Fihaara

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް މައުލޫމާތު އެނގޭ ފަރާތަކުން ވިދާޅުވީ، މާދަމާގެ މެޗަށް ގިނަ އަދަދެއްގެ ޓިކެޓް ރައީސް އޮފީހުން ގެންގޮސްފައިވާ ކަމަށާއި ސަޕޯޓަރުންނަށް ޓިކެޓް ނުލިބުނީ މިސަބަބާ ހުރެ ކަމަށެވެ.

"1،600 ޓިކެޓް ރައީސް އޮފީހުން ގެންދިޔަ، ދެން ކިހިނެތް ސަޕޯޓަރުންނަށް ޓިކެޓް ލިބޭނީ. ކުރިން މެޗުތަކުގައި މިގޮތަށް ކަންތަކެއް ނުވޭ. ޓިކެޓް ނުލިބިގެން އުޅެން މިޖެހުނީ މިހެންވެ" ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އޭނާ ވިދާޅުވިއެވެ.

މާދަމާގެ މެޗުގެ ޓިކެޓް ގަންނަން ފަތިހުންސުރެ ގިނަ ބަޔަކު ކިއު ހަދައިގެން ތިބިއިރު، ޓިކެޓް ވިއްކަން ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޓިކެޓް ހުސްވެ، އެސަރަހައްދުގައި ބަޔަކު މުޒާހަރާކޮށްފައިވެއެވެ. އަދި ދަނޑު ތެރެއަށް ވަދެގަނެ، ޓިކެޓް ވިއްކު ގޮތުގެ ރިކޯޑް ވެސް ބައެއް މީހުން ބެލިއެވެ.

ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައިވާ 2،500 ޓިކެޓް ހުސްވެ، މާދަމާ ހަވީރު އޮންނަ މެޗުން އިތުރު 1000 ޓިކެޓް ވިއްކުމަށް އެފްއޭއެމްއިން ދެންމެ ވަނީ ނިންމައިފައެވެ. އެފްއޭއެމްއިން ނެރުުނު ބަޔާނެއްގައި ވިދާޅުވީ ސްޕޮންސަރުންނާއި ކުޅުންތެރިންގެ އާއިލާތަކާއި ކްލަބްތަކަށް ހާއްސަކޮށްފައިވާ 2،500 ޓިކެޓްގެ ތެރެއިން އާންމުންނަށް 1000 ޓިކެޓް ވިއްކަން ނިންމައިފައިވާ ކަމަށެވެ. މިއާއެކު ޓިކެޓް ނުލިބިގެން މުޒާހަރާ ކުރަމުން ދިޔަ ބައެއް ފަރާތްތަކުން އެ ސަރަހައްދު ދޫކޮށް ވަނީ ގޮސްފައެވެ.

ރައީސް އޮފީހުން ގިނަ އަދަދެއްގެ ޓިކެޓް ގެންދިއުމާ ގުޅިގެން ސަޕޯޓަރުން ވަނީ ނުރުހުން ފާޅު ކުރަން ފަށައިފައެވެ. އަދި ފުޓްބޯޅަ ސިޔާސީ ނުކުރަން ގޮވައިލާ، މީސްމީޑިއާގައި ޝުއޫރު ފާޅު ކުރަން ފަށައިފައި ވެއެވެ. މީގެ ކުރިން ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ވަނީ ކިއުގައި ޖެހިގެން ޓިކެޓް ނަގަން ޖެހޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރައީސް އޮފީހުން ނެގި ޓިކެޓްތައް ދިނުމަށް ހަމަޖެހިފައި ވަނީ ކޮންބަޔަކަށް ކަމެއް ސާފުވާގޮތެއް ނުވެއެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުން މަބްރޫކް "ދެން" އަށް ވިދާޅުވީ، ރައީސް އޮފީހުން އެއްވެސް ޓިކެޓެއް ނަގާފައި ނުވާ ކަމަށެވެ.

ބަންގާޅު މެޗުން ލިބުނު މޮޅާ އެކު މިވަގުތު ރާއްޖެ އޮތީ ތިން ޕޮއިންޓާއެކު ތިން ވަނައިގައެވެ. ލަންކާ މީގެ ކުރިން މެޗަކުން މޮޅުވެފައެއް ނުވެއެވެ. އެންމެ ފަހުން އެ ޓީމުން ކުޅުނީ އިންޑިއާއާ ދެކޮޅަށެވެ. އެ މެޗުން ލަންކާ ވަނީ އިންޑިއާއަށް ގޯލެއް ޖެހި ނުދީ ހިފަހައްޓާ، މެޗު އެއްވަރުކޮށްފައެވެ. ތާވަލްގެ އެންމެ ފުލުގައި އެއް ޕޮއިންޓާ އެކު މިވަގުތު އޮތީ ލަންކާއެވެ.

  1. ައަހާ

    ރައީސްއޮފީސްއުވާލ

  2. އަނެއްއަނެއް

    މީތޯދިވެހިންދެކެލޯބިވާާ މީހުންނަކީީ ރައްޔިތުންގެެ ޓެކުސްފައިސާއިންް ސަރުކާރުގެެ މަތިފަޑިި ބޭނުންހާކަމެއްް ކުރަމުންގެންދާއިރުވެސްް ބަލަންތިބުންތޯޯ އޮތީީ އެމީހުންދުވާލެއްގެމައަޗަށްް މިލިޔަނުންމިލިޔަނުންް މަޖަލާާ އުފާހޯދުމަށްް ޓެކުސްފައިސާހޭދަކުރާއިރުު ކޮބައިތޯނިކަމެތިި ރައްޔިތުންގެެ ޙައްޤުތައްް މުޅިރާއްޖެކުނިވާއިރުވެސްް އެކުޅެނީީ ކުނިކޮޅުއުކާނުލެވިގެންް އެކަކުއަނެކަކަށްް ޖެއްސުންކުރުންނޫންކަމެއްނެތްް ޖެއްސުންކުރާކަށްނުޖެހޭނެއްނުު ކުނިއުކުމަށްް އެހޭދަވާާ 50ހަކަށްރުފިޔާާ އެއީީ ދައުލަތުންް ދޭޚިދުމަތެއްގެގޮތުގަަ ކަނޑައަޅާފަަ އެހާވަރުގެެ ކަމެއްރައްޔިތުންނަށްކޮށްދިނުންވެސްް މާޚަރަދުކުޑަވާނެެ ހަމައެއްވެސްގޮތަކަށްް ރައްޔިތެކަށްް ސާފުރާއްޖެއެއްދޭކަށްް މިމީހުންގެެ ހިތަކަށްކުޅަދާނައެއްނުވާނެެ މީރައްޔިތުންގެރައްޖެއެއްނޫންް ސަރުކާރުގެެ އިސްވެރިންގެރައްޖެއެއްް

    • ޙަރާ

      މިކަމާ ގުޅިގެން ރައީސް އޮފީހުން މަބްރޫކް “ދެން” އަށް ވިދާޅުވީ، ރައީސް އޮފީހުން އެއްވެސް ޓިކެޓެއް ނަގާފައި ނުވާ ކަމަ