ކުޅިވަރު ފުޓްބޯޅަ

މިއަދުގެ މެޗު އުރީދޫ، މީޑީއާނެޓް އަދި ސިޓީ ކައުންސިލް ގުޅިގެން، އަލިމަސް ކާނިވަލުގެ ބޮޑު ސްރީނުން ދައްކާނެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ރާއްޖެއާއި ސްރީލަންކާ ބައްދަލުކުރާ މެޗް އަލިމަސް ކާނިވަލްގައި ބޮޑު ސްކްރީނުން ދައްކާނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

Ads by Sosun Fihaara

މި އިންތިޒާމް ހަމަޖައްސައިފައި ވަނީ މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން އުރީދޫއާއި މީޑިއާނެޓްއާ ގުޅިގެންނެވެ،

ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނީ މިއަދު ހަވީރު ދިވެހިރާއްޖެއާއި ސްރީލަންކާ ބައްދަލުކުރާ މެޗް އަލިމަސް ކާނިވަލްގައި ބޮޑު ސްކްރީނުން ބެލުމުގެ އިންތިޒާމް ވަނީ ހަމަ ޖެހިފައިކަމަށެވެ.

"މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން އުރީދޫއާ ގުޅިގެން ސާފް ޗެމްޕިއަންޝިޕް 2021ގައި މިއަދު ހަވީރު ދިވެހިރާއްޖެއާއި ސްރީލަންކާ ބައްދަލުކުރާ މެޗް އަލިމަސް ކާނިވަލްގައި ބޮޑު ސްކްރީންއިން ބެލުމުގެ އިންތިޒާމް ވަނީ ހަމަ ޖެހިފައެވެ." މާލެ ސިޓީ ކައުންސިލްގެ ޓްވީޓްގައި ބުނެފައިވެއެވެ.

ސާޕް ޗެމްޕިއަންޝިޕްގެ ފޯރި ދަނީ ދުވަހެއް ދުވަހަކަށް ގަދަ ވަމުންނެވެ. މިއަދުގެ މެޗް ބައްލަވައިލެއްވުމަށް ސްރީލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސަ ވެސް ވަނީ މިއަދު ރާއްޖެ ވަޑައިގަންނަވައިފައެވެ.އަދި މިއަދުގެ މެޗަށް ދިވެހިން ދަނީ ފޯރިއާ އެކު ތައްޔާރުވަމުންނެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ގަލޮޅު ދަނޑުން ބަލައިލުމަށް ޓިކެޓު ނެގުމުގައި ދިމާވި ދަތިތައް، ކުރިއަށް އޮތް މެޗުތަކުގައި ޙައްލު ކޮށްދެއްވާނެކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް ކޮމިއުނިޓީ އެންޑް އެމްޕަވާމެންޓް އަޙުމަދު މަޙްލޫފް ވެސް ވަނީ މިއަދު ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!