ރައްޔިތުން ބިކަވެފައި ތިއްބާ އިއްޒަތް ހޯދަން މެންބަރުން ލަދުގަންނަންޖެހޭ: ބޮންޑެ
ރައްޔިތުން ބިކަ ހާލުގައި ދިރިއުޅޭއިރު، މެންބަރުން އިއްޒަތް ނުލިބިގެން އިއްޒަތް ހޯދަން ލަދު ގަންނަންޖެހޭކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަމުން ބޮންޑޭ ވިދާޅުވީ ހަގީގަތުގައި އިއްޒަތް ލިބެންޖެހޭނީ ރައްޔިތުންނަށް ކަމަށެވެ. އަދި މަގުމަތީގައި ބިއްޖެހިފައި ރައްޔިތުން ބިކަ ހާލުގައި ތިބޭއިރު އިއްޒަތޭ ކިޔައިގެން ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
“މަގުމަތީގައި ބިއްޖެހިފަ ރައްޔިތުން އެހާ ބިކަ ހާލުގައި ތިބޭއިރު އަޅުގަނޑުމެން އިއްޒަތޭ ކިޔައިގެން ލަދުގަންނަން ޖެހޭނެ” ބޮންޑެ ވިދާޅުވިއެެވެ.
މީގެ އިތުރުން ބޮންޑޭ ވިދާޅުވީ އާންމު ޚިދުމަތްދޭ ތަނަކަށް ގޮސް ކަމެއްގެ ޚިދުމަތަށް އެދޭއިރު ވެސް ރައްޔިތުން ފަހަތަށް ޖައްސައިލައި ގޮސް ކުރިމަތީގައި ހުރުމަކީ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށެވެ.
ބޮންޑޭ މިފަދައިން ވިދާޅުވެފައި ވަނީ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމް ކުޅޭއިރު މަޖިލީހުގެ މެމްބަރުންނަށް ޓިކެޓު ވިއްކުމުގައި ހާއްސަ އިންތިޒާމުތަކެއް ނެތުމުން ނުރުހުން ފާޅުކޮށް، އިއްޒަތްތެރިކަން ނުލިބޭ ނަމަ އެންމެ ރަނގަޅު ގޮތަކީ "އިއްޒަތްތެރި މެމްބަރު"ކިޔުމުގެ ބަދަލުގައި "ނިކަމެތި މެމްބަރު" ކިޔުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވުމާ ގުޅިގެންނެވެ.
ތިޔަނުން މީހަކަކު އެބައުޅޭތަ؟ ރައްޔިތުން ބިކަވެފަ ތިއްބާ 2 މުސާރަ ނަގައިގެން ނުވިތާކުން ދައުލަތުގެ ބޭތެލް މާލުން ބޭސްފަރުވާކުރަން ކަމަށް ބުނެ މިލިއަން ޑޮލަރ ޚަރަދު ކުރަމުން އެދަނީ ރައއްޔިތުން ބިކަވެފަ ތިއްބާ ނުންތަ؟ ކޮންމެ މީހަކުވެސް އަމިއްލަ ޖީބު ބޮޑުކުރަނީ،