އަންދާޒާކުރި ވަރަށްވުރެ ދައުލަތަށް ލިބޭ އާމްދަނީ ދަނީ އިތުރުވަމުން: ރައީސް ނަޝީދު

ލަފާކުރި މިންވަރަށް ވުރެ ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު ފަސް މަސް ފަހުން މަޖިލީހަށް މިއަދު ވަޑައިގެން ރިޔާސަތުގައި އިންނަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ބަޖެޓްގެ މަސައްކަތަށް ކުރަމުންދާއިރު އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ސަރުކާރާއި މަޖިލީހުން އެޅި ހަރުދަނާ ފިޔަވަޅު ތަކާއެކު އިޤްތިޞާދު އަލުން އަރައި ގަންނަމުންދާ މިންވަރު އިތުރުވަމުން ދިއުންކަމަށެވެ. އަދި ކޮވިޑް-19ގެ ދަތި ދުވަސްތަކަށް ފަހު އަލުން ބޯޑަރު ހުޅުވާލައި، ފަތުރުވެރިކަން ކުރިޔެކޭ ވެސް އެއްވަރަށް ފެށިގެން ދިޔަކަމީ ރާއްޖޭގެ އިޤްތިޞާދު އަލުން އާރާސްތުވުމަށް ލިބިގެންދިޔަ މަގުކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު އެންމެ މުހިއްމު މަސައްކަތަކަށް އޮތީ އަންނަ އަހަރުގެ ބަޖެޓުގެ މަސައްކަތް ކަމަށެވެ.
ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އެ މަނިކުފާނު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު މެންދުރު ފަހު 13:30ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަންދާޒާ ކުރިވަރަށްވުރެ ޚިޔާނާތްވެސް ބޮޑު. ރައްޔިތުނަން ކުރާ ޖެއްސުމާއި ދޭއަނިޔާތައްވެސް ހީކުރި ވަރަށްވުެ ބޮޑު.