ޚަބަރު

ހިޔާ ފްލެޓް ސަރަހައްދަށް އަޅައިފައިވާ ކުނިތައް އެޗްޑީސީިއިން ނަގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ހިޔާ މަޝްރޫއުގެ ފްލެޓްތައް.. ދެން އިމޭޖްސް

ހިޔާ ފްލެޓް ސަރަހައްދަށް އަޅައިފައިވާ ކުނިތައް ނަގައި އެތަން އެއްކޮށް ސާފުކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީ)އިން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެޗްޑީސީން ވިދާޅުވީ ހިޔާ ޓަވަރުގެ އެކި ސަރަޙައްދުތަކުގައި ގޭގޭގައި އުފައްދާ ކުނިވާ ޒާތުގެ ކުނި އެތަނުގައި ބަހައްޓަމުންދާތީ، އެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތުގެ ދަށުން 7 ދުވަހުގެ ތެރޭގައި އެ ސަރަޙައްދަށް އަޅާފައިވާ ކުނިތައް އެއްކޮށް ނަގައި އެ ސަރަހައްދު ސާފުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އެޗްޑީސީން ވިދާޅުވީ މީގެ ފަހުން މަދުވެގެން ދުވާލަކު އެއް ފަހަރު ކުނި ނެގުމަށް ނިންމައިފައިވާ ކަމަށެވެ.

އެޗްޑީސީން ވަނީ ހިޔާ މަޝްރޫޢުގެ ފްލެޓުތައް ހިމެނޭ ޢިމާރާތްތަކުގެ ފުލެޓުތަކުން އުފެދޭ ކުނިވާ ޒާތުގެ ކުނި އެޅުމަށް ޚާއްސަ ސަރަހައްދުތައް ވެސް ގާއިމްކޮށްފައެވެ. ޑަސްބިން ބަހައްޓައިފައިވާ ސަރަޙައްދުތަކަކީ ހިޔާ-05، ހިޔާ-08، ހިޔާ-09، ހިޔާ-12، ހިޔާ-13 އަދި ހިޔާ-16 ޓަވަރު ހިމެނޭ ސަރަޙައްދެވެ.

މި ޑަސްބިންތަކަށް އެއްކުރާ ކުނި، ވެމްކޯއިން ކޮންމެ ދުވަހަކު ވެސް އުކައިލާނެއެވެ. މިއީ ކުނީގެ މައްސަލަ ޙައްލުކުރުމަށް ވަގުތީގޮތުން އަޅައިފައިވާ ފިޔަވަޅެއް ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!