ރައީސް ނަޝީދު ވަޑައިގަތީ ތިން ދުވަހަށް ކަމަށް ވިދާޅުވީ ނޫސްވެރިން، އެއީ ހަޤީޤަތެއް ނޫން
މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފައި ވަނީ ތިން ދުވަހަށް ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، މިއަދަކީ އެ މަނިކުފާނު ރާއްޖެއަށް ވަޑައިގެންތާ ތިން ވަނަ ދުވަސް ކަމަށާއި އަދި ރާއްޖެއިން ފުރައިވަޑައިނުގަންނަވާ ކަމަށެވެ.
“އަޅުގަނޑު އައީ 3 ދުވަހަށް ކަމަށް ނިންމެވީ ނޫސްވެރިން. އެއީ އެެއްވެސް ތަނެއްގަ އަޅުގަނޑު ދެއްކި ވާހަކައެއް ނޫން. މިއީ އަޅުގަނޑު ރާއްޖެ އައިތާ 3ވަނަ ދުވަސް. މިއަދު ފުރާ ގޮތަކަށް ހަމަޖެހިފައެއް ނެތް” ރައީސް ނަޝީދު ވިދާޅުވިއެެވެ.
މީގެ އިތުރުން ރައީސް ނަޝީދު ފުރައިވަޑައިގަންނަވާނީ ކޮން ދުވަހަކުތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަލާމަތީ ސަބަބުތަކާ ހެދި ދަތުރުު ކުރާ ތާރީޚް ވިދާޅުވާން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
އަދި ސަރުކާރުން ހަމަޖައްސަވާ ގެ ނިމެންދެން އެ މަނިކުފާނު މިވަގުތު ހުންނެވީ ހޮޓެލް ޖެންގައި ކަމަށާއި އެމަނިކުފާނުގެ އަމިއްލަފުޅު ގޭގައި ހުންނަން ބޭނުންފުޅުވި ނަމަވެސް އެމްއެންޑީއެފުން މިވަގުތު އެ ގޭގައި ހުންނަވަން ހުއްދަ ދީފައި ނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެއިރުވެސް އަހަރެންނަށް އެގޭ! އޭނަ ކަމެއް ނުކުރާނަމޭ ބުނެފިއްޔާ އެކަމެއް ކުރާނެ. މިސާލު: މިއަދު ވިދާޅުވީ މިފަހަރަކީ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުން އިންޑިއާ ބަލިކޮށް ރާއްޖެ ފައިނަލްގައި ކުޅޭނެ ފަހަރު” ނަމަވެސް ނަޝީދު ބޭނުންވާނީ އިންޑިއާ އަތުން ރާއްޖެ ބަލިވެ، ނޭޕާލާއި އިންޑިއާ ކުޅެގެން އިންޑިއާ އަށް ޗެމްޕިއަންކަން ލިބުމެވެ. އެގޮތަށް އެދޭތީވެ، ރާއްޖެ މޮޅުވުން އެދޭ ކަމަށް ވަނީނަމަ ބުނާނީ “މިފަހަރު ބަލިވާނީ ދިވެހި ރާއްޖެއޭ.
ހަދުމަފުޅު އެބަހުރިތޯ! މިބޭފުޅާ ވިދާޅުވި ބައެއް ވާހަކަ ތައް. އޭގެ ތެރޭގައި ” އިންޑިއާ މީހުނަށްވުރެބޮޑަށް އިންޑިއާ ދެކެ ލޯބިވަމޭ – ކަނާތުން ކުރާ ކަންކަން ވާތަށްވެސް ނޭގޭނެޔޭ. ޕާރޓީގެ މީހަކު ކަމަކު އެދިއްޖެނަމަ އެކަމެއް ވަރަށް އަވަހަށް ކޮށްދޭނަމޭ. އެކަމަކު އެހެން ޕާރޓީއެއްގެ މީހަކު ކަމަކު އަތުވެއްޖެނަމަ އަޅުގަޑުގެ ނުބައި ކަން ދައްކާލާނަމޭ” މީދެން ޤައުމެއްގެ ރައީސެއްގެ ކިބައިގާ ހުންނަންޖެހޭ ބަސްމަގުތޯ؟
ހަަހަހަ ވަރަށް މަޖާ
މިހާރު ނޫސްވެރިންގެ ބޮލުގައި އެޅުވީދޯ
ދައުލަތަށް ހުރި ބުރައެއް ރައްޔިތުން ނާއި ގައުމަށްހުރި ހަލާކަކާއި ބިރެއް އިސްލާމްދީނާ ދެކޮޅު މީހުނަށް 100% މުސްލިމުގައުމަކުން ކުރާހާ ހަރަދު ، އަބަދުވެސް އަހަރެންްޤަބޫލްކުރަނީ އޭނަ ކަމެއް ނުކުރާނަމޭ ބުނެފިއްޔާ އެކަމެއް ކުރާނެ ކަން މިޤައުމު ހަލާކުވެ ނިމިއްޖެ،