ދުނިޔެ

ޓައިވާނުގެ ފްލެޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގިނަ ބަޔަކު މަރުވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޓައިވާނުގެ ކައުސިއަންގ ސިޓީގެ އާއްމުންގެ ފުލެޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 46 މީހަކު މަރުވެ އިތުރު 41 މީހުން ޒަހަމް ވެއްޖެއެވެ.

Ads by WAMCO

ޓައިވާންގެ ކައުސިއަންގގެ ޔަންޗެންގ ޑިސްޓްރިކްޓްގައި ހުންނަ 13 ބުރީގެ މި އިމާރާތުގައި އިއްޔެ ހެނދުނު ހިނގި މިހާދިސާގެ މަންޒަރު ދުން މީހުން ބުނާ ގޮތުގައި އެމީހުންނަށް އެންމެ ފުރަތަމަ އިވުނީ ބާރުގަދަ އެއްޗެއް ގޮވި އަޑެވެ.

އަލިފާނުގެ ހާދިސާ ހިނގި އިމާރާތަކީ 40 އަހަރުވެފައިވާ އިމާރާތެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އިމާރާތުގައި ރޯވި އަލިފާންގަނޑު ރޯވެފައި ވަނީ ޓައިވާން ގަޑިން ފަތިހު 3 ޖަހާކަން ހާއިރު ކަމަށާއި ހާދިސާ ހިނގި ވަގުތަކީ ގިނަ ބަޔަކު ނިދައިފައިވާ ވަގުތެއް ކަމުން މީހުނަށް ސަލާމަތް ވުމަށް ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޮފިޝަލުން ބުނާ ގޮތުގައި އިމާރާތުގެ ތެރެއިން ފެނުނު 11 ހަށިގަނޑު ވަގުތުން ފޮނުވާލީ މޯޗަރީއަށެވެ. އަދި 14 މީހުން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ދިރިހުރިކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށް ވެސް އޮފިޝަލުން ވަނީ ބުނެފައެވެ.

އަލިފާނުގެ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުން ހޯދުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ މިހާރު މަސައްކަތް ކުރަމުންނެވެ. މި ހާދިސާގެ ސަބަބުން އެ އިމާރާތުގެ ބޮޑު ބައެއް ވަނީ އެއްކޮށް ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!