ޚަބަރު

100 ކިލޯގެ މަސްތުވާތަކެތި ހޯދީ ފަޅު ރަށެއްގައި ފޮރުވައިފައި ހުއްޓައި: ފުލުހުން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ފުލުހުން މީގެ ކުރިން އަތުލައިގަތް 100 ކިލޯގެ މަސްތުވާތަކެތި.. ފޮޓޯ/ފުލުހުން

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ބުދަ ދުވަހު އަތުލައިގަތް 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދައިފައިވަ ނީ ފަޅުރަށަކުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މި މައްސަލައާ ގުޅިގެން ދިހަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ހައްޔަރުކޮށްފައިވާ މީހުންނަކީ، 19 އަހަރުގެ މީހަކާއި 24 އަހަރުގެ ދެ މީހުންނާއި 25 އަހަރު، 26 އަހަރު، 27 އަހަރު، 30 އަހަރު، 34 އަހަރު، 35 އަހަރުގެ މީހަކާ އަދި 61 އަހަރުގެ މީހެކެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ދެ ބިދޭސިންނެވެ. މި އެންމެންނަކީ ވެސް ފިރިހެނުންނެވެ.

އެ އޮޕަރޭޝަނުގައި، މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކާއި ބައެއް ފަޅުރަށްތައް ބަލައި ފާސްކޮށްފައި ވެއެވެ. އެގޮތުން، 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފަޅުރަށެއްގައި ފޮރުވައިފައި ހުއްޓައި ފުލުހުން ވަނީ ހޯދައިފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހެއްގެ ބަންދަށް 15 ދުވަސް ތިން މީހެއްގެ ބަންދަށް 10 ދުވަސް އަދި އެކަކަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ. އަދި އަނެއް ދެ މީހުން ކޯޓުން ވަނީ ދޫކޮށްލައިފައެވެ. އެ ދެ މީހުން ދޫކޮށްލުމުން އިސްތިއުނާފު ކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!