ކަނޑުވެގެން ނިޔާވި ނާހިދާގެ ހަށިގަނޑު މާލެ ގެނެސްފި
ކ. އޮޅުވެލި ރިސޯޓު ކައިރީގައި އިއްޔެ ހިނގި ހިތާމަވެރި ކަނޑުމަތީގެ ހާދިސާގައި ނިޔާވި މ. ގްރީން ޕީކް މަރިޔަމް ނާހިދާ (33އ.) ގެ ހަށިގަނޑު މިއަދު ހެނދުނު މާލެ ގެނެސްފިއެވެ.
އެމްއެންޑީއެފްއިން ބުނީ ނާހިދާގެ ހަށިގަނޑު މާލެ ގެނައުމަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރު ކޮށްދީފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު މާލެ ގެނެވުނީ ހެނދުނު 7:30 ހާއިރު ކަމަށެވެ.
މާލެއިން ވ. ފުލިދޫއަށް ދަތުރު ކުރި ލޯންޗެއްގައި ތިބި މީހުންގެ ތެރެއިން ، ޖެހި ރާޅަކާއެކު ކަނޑަށް ވިއްސައިގެން ދިޔައީ ނާހިދާއާއި އޭނާގެ ހަގު ދަރިފުޅެވެ. މި ހާދިސާގައި ކަނޑަށް ގެއްލުނު އުމުރުން ހަތަރު އަހަރުގެ އެ ކުޑަ ކުއްޖާ އަދިވެސް ނުފެނެއެވެ.
އެމްއެންޑީއެފްއިން ބުނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދާ ކަމަށެވެ. އެކަމަށް ޓަކައި އެމްއެންޑީއެފްއިން ރޭގައި ވަނީ އާންމުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ.
ނާހިދާ ކަނޑުން ފެނުމާ އެކު ކ. ގުރައިދޫ ސިއްޙީ މަރުކަޒަށް ފަރުވާއަށް ގެންދިޔައެވެ. ނަމަވެސް އެ މަރުކަޒަށް ގެންދިޔައިރު ވެސް ނާހިދާ ވަނީ ނިޔާވެފަައި ކަމަށް މައުލޫމާތު ލިބެއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
ހިތަށް އަރަނީ އެވަގުތު ލޯންޗުގަ ކުޑަކުދިން ނާ ނުލައި 10 މީހުން ތިބި އިރު ކުއްޖާގެ ބައްޕަ ފިޔަވާ ނެތީތޯ ސަލާމަތް ކުރަން ފުއްމާލަން ކެރޭމީހަކު؟؟