Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

މާލެއިން ގެއްލުނު ކުއްޖާ ފެނިއްޖެ

މާލެއިން ގެއްލުނު ކުއްޖާ ފެނިއްޖެ

މާލެއިން މިއަދު ގެއްލުނު ކުޑަކުއްޖާ ގެއްލުނުތާ ކުޑައިރުކޮޅެއް ތެރޭގައި ފެނިއްޖެއެވެ.

ފުލުހުން ބުނީ އެކުއްޖާގެ ހާލު ރަނގަޅުކަމަށާއި އެކުއްޖާ މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

"މާލެއިން ކުޑަަކުއްޖަކު ގެއްލިގެން މިއަދު ހަވީރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވޭ. ގެއްލުނުތާ ކުޑައިރުކޮޅެއް ތެރޭގައި އެކުއްޖާ ވަނީ ފެނިފައި. ކުއްޖާގެ ހާލު ރަނގަޅު އަދި އެކުއްޖާ މިހާރު ވަނީ އާއިލާއާ ހަވާލުކޮށްފައި" ފުލުހުން ބުންޏެވެ.

Advertisement
HDC — Sidebar (box)

ޝޯސަލް މީޑިއާގައި ހަބަރު ފެތުރިފައިވާ ވާ ގޮތުން މިއަދު ގެއްލިފައި ވަނީ ހާއްސަކޮށް އެހީއަށް ބޭނުންވާ ކުއްޖެކެވެ. އެހެން ނަމަވެސް ފުލުހުން އެފަދަ މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ.

މާލެއިން މިއަދު ކުޑަކުއްޖަކު ގެއްލިގެން ރިޕޯޓް ކޮށްފައިވާ އިރު ކަނޑު މަތީގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި ކުޑަކުއްޖަކު ގެއްލިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ރާއްޖޭގައި ދޭތެރެ ދޭތެރެއިން ކުޑަކުދިން ގެއްލުމުގެ މައްސަލަތައް ފުލުހުންނަށް ރިޕޯޓް ކުރެއެވެ. މީގެ ތެރޭގައި ކުދިން އަމިއްލައަށް ފިލައިގެން ދިޔުމުގެ މައްސަލަތައް ވެސް ހިމެނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް