އޭޝިއާ

ހިންދޫންގެ ބަޔަކު ޤުރުއާނުގެ ޙުރުމަތް ކެނޑުމުން އެމީހުންނާ ދެކޮޅަށް މުސްލިމުން ނިކުމެއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ޑާކާގެ ބައިތުލް މުކަރުރަމް މިސްކިތުގެ ބޭރުގައި ކުރި މުޒާހަރާއެއްގައި މުސްލިމުން ބައިވެރިވަނީ

ބަނގްލަދޭޝްގެ ވެރިރަށް ޑާކާގައި ހިނގަމުން އަންނަ ދީނީ ހަމަނުޖެހުންތައް ހުއްޓައިލާން ގޮވައިލައި އެތައް ސަތޭކަ ބަޔަކު މުޒާހަރާކޮށްފިއެވެ.

ހޯމަ ދުވަހު މި މުޒާހަރާތައް ފެށިފައި ވަނީ ، ބަންގާޅުގެ ކުމިއްލާގެ އިރުމަތީ ޑިސްޓްރިކްޓްގެ ހިންދޫ ފައްޅިއެއްގައި ހުރި ބުދެއްގެ ފައިގައި، ޤުރުއާން ޚަތިމެއް ބާއްވާފައި އޮތް މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން، ހިންދޫންނާއި މުސްލިމުންނާ ދެމެދު ހަމަލާތައް ބަދަލު ކުރަމުންދާތީ އެކަމާ ދެކޮޅަށެވެ.

އޮކްޓޯބަރު މަހުގެ 15ވަނަ ދުވަހު، ހިންދޫ ފެސްޓިވަލެއްގައި، ހިންދޫ ކަލާނގެއެއްގެ ކަކޫ މަތީގައި ޤުރުއާން ޚަތިމެއް ބާއްވައިފައި އޮތް ފޮޓޯއެއް ސޯޝަލް މީޑިއާ ފޮޓޯ އާއްމުވިއެވެ. އެއާއެކު އެކަމާ ދެކޮޅަށް މުސްލިމުން މުޒާހަރާ ކުރިއެވެ. މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައެވެ. އަދި ހިންދޫން ވަނީ މުޒާހަރާ ކުރަމުންދިޔަ މުސްލިމުންނާ ކުރިމަތި ލައިފައެވެ. މި ހަމަނުޖެހުމުގައި ހަތަރު މުސްލިމުން ޝަހީދުވެފައިވާކަމަށް ބައެއް ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ހަމަލާތައް ވަނީ ވަރުގަދަ ވެފައެވެ. އެ ގައުމުގެ ދާޚިލީ ވަޒީރު އަސަދުއްޒާމަން ޚާން ވިދާޅުވީ މިއީ ބަނގްލަދޭޝްގރ ކޮމިއުނިސްޓް ހަމަޖެހުން ނައްތާލުމަށް ދިން ހަމަލާތަކެއް ކަމަށެވެ.

އެ މުޒާހަރާއާ ގުޅިގެން ނޫޚާލީގައި ހުންނަ ފުލުހުންގެ ވެރިޔާ މުހައްމަދު ޝާހިދުލް އިސްލާމް ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ވިދާޅުވީ، މުޒާހަރާ ކުރާ ބައިވެރިންގެ ތެރޭގައި ވަގުންނާއި ލޫޓުވަން މަސައްކަތް ކުރާ މީހުން ހިމެނޭ ކަމަށާއި ހަމަލާތައް ހުއްޓުވުމަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ވެސް ކުރާނެ ކަމަށެވެ.

ހިންދޫންނާއި މުސްލިމުންނާ ދެމެދު ހަމަލާތައް ބަދަލު ކުރަމުން އަންނައިރު، ހިންދޫ ދީނުގެ ހަތަރު މީހަކު މިހާތަނަށް ވަނީ މަރައިލައިފައެވެ.

Ads by HDC
  1. ހާމާނު

    މަވެސް ބޭނުން ތި ހިންދޫ ގެރިގުއި މީހުންނާ ދެކޮޅަށް މުޒާހަރާއަށް ދާން