ކާމިޔާބު ރިޔާސީ އިންތިހާބެއް 2023ގައި ބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި މިރޭ ބައިވެރިވެވަޑައިގެން ފުއާދު ވިދާޅުވީ އީސީގައި މިހާތަނަށް ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު، ރައްޔިތުންގެ މެދުގައި އެ ކޮމިޝަންއަށް އޮންނަ އިތުބާރު ކުރިއަށް ވުރެ މިހާރު ބޮޑުވެފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.
އިންތިހާބުތައް ކުރިއަށްދާއިރު އިންތިހާބުތަކާ މެދު ޝައްކު އުފައްދާ ބަޔަކުވެސް އުޅޭ ކަމަށާއި، އެހެން ނަމަވެސް އިންތިހާބު ނިމުމުން އެއީ ގޯހުން ގޯހަށް ދިޔަ އިންތިހާބެކޭ ބުނާނެ މީހަކު މިހާރު ނޫޅޭ ކަމަށް ވެސް އީސީގެ ރައީސް ވިދާޅުވިއެވެ.
މީގެ ކުރީގެ އަހަރުތަކަށް ބަލާއިރު، 2013ވަނަ އަހަރު ބޭއްވުނު އިންތިޚާބު ބޭއްވުމުގެ ކުރިން ރައްޔިތުންގެ ހިތުގައި ގިނަ ސުވާލުތަކަކާއި، ހަމަނުޖެހުންތަކެއް ވެސް އޮތް ކަމަށް ފުއާދު ވިދާޅުވިއެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރު ބޭއްވި އިންތިހާބު ކައިރިވީއިރު ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހަމަޖެހިފައި ކަމަށާއި ނަތީޖާ ނިކުތުމުން ވެސް ރައްޔިތުންގެ އަމަލުތައް ހުރި ގޮތް ވަރަށް ތަފާތުކަން ފުއާދު ފާހަގަ ކުރެއްވިއެވެ.
"އެހެންވީމަ އަޅުގަނޑު ވަރަށް އުންމީދާ އެކީގައި މިހުރީ. 2023ގައި ކާމިޔާބު ރިޔާސީ އިންތިޚާބެއް ބޭއްވޭނެ ކަމަށް." އީސީގެ ރައީސް ފުއާދު ވިދާޅުވިއެވެ.
މީގެ އިތުރުން ފުއާދު ތައުފީގު ވިދާޅުވީ އިންތިހާބުތަކުގެ ސައްހަކަމާ ދޭތެރޭގައި ކޯޓުން ގޮތް ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
މިހާރުވެސް އިންތިހާބާމެދު ސައްކުކުރުމުގެ ޖާގަ ތިޔައުފެއްދީ.
ކަލޭތީ ނަސީދު ގެ ބަޕެޓެއް