ކުޅުދުއްފުށިން ހަރުފައެއް ފެނިއްޖެ

ކުޅުދުއްފުށި ސިޓީން 2 ފޫޓުގެ ހަރުފައެއް ފެނިއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ކުޅުދުއްފުށި ސިޓީން ފެނުނު ހަރުފަ އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ސިފައިން، ހިފައިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ހަރުފަ ފެނިފައި ވަނީ، ރާއްޖެއިން ބޭރުން ގެނައި ލަކުޑިތަކެއްގެ ތެރެއިން ކަމަށެވެ. އަދި މި ހާދިސާގެ މަޢުލޫމާތު ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް މިއަދު ލިބުމާ އެކު، އެމްއެންޑީއެފްގެ ޓީމެއް އެ ސަރަހައްދަށް ގޮސް، ފުލުހުންނާ ގުޅިގެން ހަރުފަ ހިފުމުގައި ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވިއެވެ.
އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިފި މި ހަރުފައިގެ ދިގުމިނުގައި 24 އިންޗި ހުއްޓެވެ.
ކުޅުދުއްފުއްޓަށް ދާދި މިދާކަށްދުވަހު ކިނބުލެއްވެސް އަރައިފި
ހަރުފަ ހިމާތް ޔައްކޮއްފަކާނޫތައިނީ ނޭގޭ ޖުރިމާނާކޮއްލަފާނެއިންސާނުންމިރީމަވެސް އެކަމަކަށްނީދޭހުކުމެއް
2 ފޫޓު އެއްވަރޭ 42 އިންޗި؟ ޖަވާބު ރަނގަޅުތޯ؟
3ފޫޓު 6 އިންޗި
24 އިންޗި އެއްވަރޭ 2 ފޫޓު
ބިރުވެރި ނާމާން ކަންކަން ގިނަވުން، ބޭއިންސާފާ ގުޅުންވޭބާ!!!!!!!!!!!!!!!!!!