އެންމެ ހިތްގައިމު އެއާޕޯޓުގެ ލިސްޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޖާގަ ހޯދައިފި

އެންމެ ހިތްގައިމު އެއާޕޯޓުގެ ލިސްޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޖާގަ ހޯދައިފިއެވެ.
ސީއެންއެން ޓްރެވެލްގައި ހިމަނައިފައިވާ 15 އެއާޕޯޓުގެ ތެރޭގައި ރާއްޖޭގެ ވީއައިއޭއިން ވެސް ވަނީ ޖާގަ ހޯފައިފައެވެ.
މި ލިސްްޓުގެ އެންމެ ކުރީގައި އުޅެނީ ބްރެޒިލްގެ އެންމެ ބައިބޯ އެއް ސިޓީ ރިއޯ ޑި ޖެނީރޯއެވެ. ރިއޯ ޑި ޖެނީރޯގެ ސެންޓޫސް ޑޫމާންޓް އެއާޕޯޓަށް މަތިން ދާ ބޯޓަކުން ޖައްސަން ދާ އިރު، ދުނިޔޭގެ ގުދުރަތީ އެންމެ ތަފާތު އަދި ރީތި އެއް ލޭންޑްސްކޭޕް ފެނެއެވެ.
މި ލިސްޓުގައި ރާއްޖޭގެ ވީއައިއޭ ހިމެނޭކަން ފާހަގަކުރަމުން ސީއެންއެންއިން ބުނެފައި ވަނީ ވީއައިއޭއަށް ތިރިކުރާ އިރު، "އިންޑިއާ ކަނޑަށް އަތޮޅުތަކެއް އުކައިލެވިފައިވާ" މަންޒަރު ފެންނަ ކަމެވެ. އިނގިރޭސީންގެ ދުވަސްވަރު ދަގަނޑު ފިލައިން އެޅި ރަންވޭއަކަށް ފުރަތަމަ މަތިންދާބޯޓު ޖެއްސީ 1960ވަނަ އަހަރުއެވެ. ދިވެހީންގެ އަމިއްލަ އަތުން ހަދައިފައިވާ ހުޅުލޭ އެއާޕޯޓަށް މިހާރު ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
ޔާމީންގެ ތަސައްވަރު ވަރަށް ފުރިހަމަ. ވެރިކަމުގަ ހުރިނަމަ ތިޔަޔަށްވުރެވެސް ފުރިހަމަވާނެހެން ހީވޭ.
ކޭކު ކިތައްމެ ނުބަޔަސް އައިސަން ރީތީއްޔާމު އޯކޭ ދޯ!