ޚަބަރު

ފިޔަ ކޮށާލި ފްލެމިންގޯގެ ހާލު ދަނީ ދެރަވަމުން: އީޕީއޭ

ރައުފާ ރަޝީދު ، ދެން އޮންލައިން

މިދިޔަ ބުރާސްފަތި ދުވަހު ހިފައި ފިޔާ ކޮށައިލައިފައިވާ ފްލެމިންގޯ ނުވަތަ ގުޑުގުޑާ ދޫނީގެ ހާލަތު ދަށަށް ގޮސްފައިވާ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

Ads by STELCO

އީޕީއޭއިން ބުނީ ޅ. މާކޯއަށް ގެންދިޔަ ފްލެމިންގޯއަށް ދެވެން ހުރި ފަރުވާއެއް ދެމުން ދިޔަ ނަމަވެސް އެ ފްމެނިންގޯގެ ހާލު ދުވަހެއް ދުވަހަކަށް ދަށްވަމުން ދާ ކަމަށެވެ.

އެ އެޖެންސީން އިތުރަށް ވިދާޅުވީ ރާއްޖޭގައި މިފަދަ ތަކެއްޗަށް ފަރުވާދެވޭނެ ރަނގަޅު ރިހިބެލިޓޭޝަން ފެސިލިޓީތައް ގާއިމްކުރެވިފައި ނެތް ކަމަށެވެ. އެކަމުގެ ސަބަބުން އެތަކެތި ރަނގަޅަށް ބަލައި ދޭން ޖެހޭ ފަރުވާ ދިނުމަށް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި، ރިހިބެލިޓޭޝަން ފެސިލިޓީތައް ނެތުމަކީ މިފަދަ ދޫނިސޫފާސޫފި ހިފައި އެތަކެތީގެ ހިޖުރަ ކުރުމަށް ހުރަސް ނާޅަންވީ ސަބަބެއް ކަމަށް އީޕީއޭއިން ބުންޏެވެ.

މިގޮތަށް ރާއްޖެއަށް ހިޖުރަ ކުރާ ދޫނިތައް ހިފައި ގޯނާ ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް އީޕީއޭއިން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި އެފަދަ ދޫނިތައް ހިފައި ގޯނާ ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށާއި އެގޮތަށް އަމަލުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް އީޕީއޭއިން ވަނީ ދީފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!