ކުޅިވަރު

އައު ކޯޗާއެކު ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޤައުމީ ފުޓްބޯޅަ ޓީމުގެ އައު ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތައް ފަށައިފިއެވެ.

Ads by MWSC

އިޓަލީގެ އިންޓަމިލާންގެ ކުރީގެ ކުޅުންތެރިޔާ ފްރެންޗެސްކޯ މޮރިއޭރޯ ދިވެހި ޤައުމީ ޓީމުގެ ހެޑް ކޯޗަކަށް ހަމަޖެއްސިކަން އެފްއޭއެމްއިން އިއުލާނު ކުރީ މިދިޔަ ހަފްތާގައެވެ. ކުރިން ރޯމާއާއި ނަޕޯލީއަށް ވެސް ކުޅެފައިވާ މިޑްފީލްޑަރު މޮރިއޭރޯއާ އެކު އެފްއޭއެމްއިން ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދައިފައިކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފައިވެއެވެ.

އުމުރުން 52 އަހަރުގެ މޮރިއޭރޯ އެންމެ ފަހުން ކޯޗުކަން ކޮށްދީފައި ވަނީ އަލްބޭނިއާގެ ކްލަބަކަށެވެ. ރާއްޖެއަކީ އޭނާ ކޯޗުކަން ކޮށްދޭ އެންމެ ފުރަތަމަ ޤައުމީ ޓީމެވެ. ކްލަބު ލެވެލްގައި އޭނާ ވަނީ އައިވަރީ ކޯސްޓް، ސައުތު އެފްރިކާ އަދި ޔޫރަޕުން އިޓަލީއާއި ސްވިޒްލަންޑްގައި މަސައްކަތް ކޮށްފައެވެ.

އައު ކޯޗާއެކު ޤައުމީ ޓީމު އެންމެ ފުރަތަމަ ކުޅޭނީ އަންނަ މަހު ލަންކާގައި ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ މުބާރާތެވެ. މި މުބާރާތުގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗަކީ، ނޮވެންބަރު މަހުގެ އަށްވަނަ ދުވަހު ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗެވެ.

Ads by Allied Insurance
  1. ސަލި