ޚަބަރު އިޖުތިމާޢީ

ޓުއަރގައިޑެއްކަމަށް ބުނެ ވައްކަން ކުރި ބަނގްލަދޭޝް މީހާ ހައްޔަރުކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޓުއަރގައިޑެއްކަމަށް ބުނެ ފަތުރުވެރިއެއްގެ ފައިސާތަކެއް ވަގަށް ނެގި ބަނގްލަދޭޝްގެ މީހާ ހައްޔަރުކޮށްފިއެވެ.

Ads by MWSC

މިމަހުގެ 21ވަނަ ދުވަހު ފުލުހުން މިމީހާ ހޯދަން އިއުލާނު ކުރީ ޓުއަރގައިޑެއްކަމަށް ބުނެ ފަތުރުވެރިޔަކަށް ހިދުމަތްދީ އެ ފަތުރުވެރިޔާގެ ދަބަހުން ފައިސާތަކެއް ވަގަށް ނަގައިފައިވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ފުލުހުން ކުރި މަސައްކަތުން ކާކުކަން ދެނެނުގަނެވުމުގެ ސަބަބުން ނުހޯދިފައި ވާތީއެވެ.

ފުލުހުން ހޯދަމުން ދިޔައީ ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އުމުރުން 28 އަހަރުގެ ތަންވީރު އިސްލާމް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އާއްމު މީހެއްގެ އެހީއާ އެކުގައި ކަމަށް ފުލުހުން ބުނެއެވެ.

މި މީހާ ފަތުރުވެރިޔާގެ ފައިސާތައް ވަގަށް ނަގައިފައި ވަނީ، ފަތުރުވެރިޔާއާ އެކު ގައިޑެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ފަހު ފަތުރުވެރިޔާ އާޓިފިޝަލް ބީޗް މޫދަށް އެރުނު ވަގުތުކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މަކަރާ ހީލަތުން ފައިސާ އަތުލުމާއި ފޭރުމުގެ މައްސަލަތައް މިފަހަކަށް އައިސް އާއްމުވެފައިވާކަން ފާހަގަކުރެވެއެވެ. އަދި މިފަދަ މައްސަލަތަކުގައި ބައެއްފަހަރު މީހުން ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާތައް ވެސް ވަނީ ދީފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!