އޭޝިއާ ދުނިޔެ

ކޮވިޑް-19ގެ އެންމެ ވޭދަނައެއް ފެނި ސަންހާއީ ޑިޒްނީލޭންޑް ބަންދުކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޗައިނާގެ ސަންހާއީގެ ޑިޒްނީލޭންޑަށް ހަފްތާ ބަންދަށް ދިޔަ މީހަކު އެނބުރި އޭނާގެ ގައުމަށް ދިޔަ ފަހުން ކޮވިޑަށް ފައްސިވުމުން ސަންހާއި ޑިޒްނީލޭންޑް ބަންދުކޮށްފިއެވެ.

Ads by Sosun Fihaara

ހަބަރުތައް ބުނާގޮތުގައި ޑިޒްނީ ލޭންޑް ބަންދުކޮށް އެތަނަށް ދިޔަ ހުރިހާ މީހުންނާއި އެތަނުގެ މުއައްޒަފުން ވެސް ކޮވިޑަށް ޓެސްޓް ކުރުމުގެ މަސަައްކަތް ކަމާ ބެހޭ އޮފިޝަލުންް މިހާރު ގެންދަނީ ކުރަމުންނެވެ. އެހެންކަމުން އެތަން ދެ ދުވަހަށް ވަނީ އެއްކޮށް ބަންދު ކޮށްފައެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހުގައި ބާއްވާ ވިންޓާ އޮލިމްޕިކްސް އައުމުގެ ކުރިން ކޮވިޑް-19 އެއްކޮށް ފިލުވައިލައިފައިވާ ގައުމަކަށް ޗައިނާ ހެދުމަށް އެގައުމުން ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

މުޅި ދުނިޔެއިން ވެސް ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ގައުމަކީ ޗައިނާއަށް ވީ ނަމަވެސް އެގައުމުގައި ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި ވެސް ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައި ވަނީ އެންމެ 92 މީހުންނެވެ.

ޑިޒްނީ ލޭންޑަށް ދިޔަ މީހަކު ކޮވިޑަށް ފައްސިވީ ނަމަވެސް މިހާތަނަށް އެތަނުން ނެގި އިތުރު އެއްވެސް ސުންކެއް ކޮވިޑަށް ފައްސި ވެފައެއް ނުވެއެވެ.

ޗައިނާއިން ޖުމްލަ 109،666 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެ ތެރެއިން 4،849 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!