އެޑްވަޓޯރިއަލް ވިޔަފާރި

ދިރާގު އޭޑީއެސްއެލް ކަނެކްޝަންތައް، ހައިސްޕީޑް ފައިބަރ ހިދުމަތަށް ހިލޭ ބަދަލު ކޮށްލުމުގެ ފުރުސަތު!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިރާގުން އެ ކުންފުނީގެ އޭޑީއެސްއެލް ޚިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް ހިލޭ ދިރާގު ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަށް ބަދަލު ކުރުމަށް ކުރިއަށް ގެންދިޔަ ޚާއްސަ ޕްރޮމޯޝަންގެ މުއްދަތު 31 ޑިސެމްބަރު 2021ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

Ads by Sosun Fihaara

މިއީ އެޑީއެސްއެލް ޚިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަރ ނެޓްވޯކާ ހިލޭ ގުޅައިލެވުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެގޮތުން މި ޕްރޮމޯޝަނުގެ ދަށުން ހިލޭ ފައިބަރ ގުޅައިދިނުމުގެ އިތުރުން ފައިބަރއަށް ބޭނުންވާ ޚާއްސަ ރައުޓަރ ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބިގެންދާނެއެވެ.

އޭޑީއެސްއެލް ކަސްޓަމަރުން ފައިބަރއަށް އަޕްގްރޭޑް ކޮށްލުމަށް ދިރާގު ވެބްސައިޓުގައިވާ މައިއެކައުންޓް http://www.dhiraagu.com.mv/ocs މެެދުވެރިކޮށް ފަސޭހަކަމާ އެކު އަޕްގްރޭޑް ކޮށްލެވޭނެއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ ގިނަ އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ވެސް މެއެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ %80 މިހާރު މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ. މީގެ ތެރޭގައި 65 ރަށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިމެނެއެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ވީހާ ވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭ ގޮތަށް ޕެކޭޖްތައް ފަރުމާކޮށް ޚިދުމަތްތައް ތައާރަފުކުރުމަށެވެ.

އިތުރު މައުލޫމާތު ހޯއްދެއްވުމަށް https://bit.ly/3EFWCCm

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!