ހުޅުމާލެ ހިޔާ- 5 ގެ ރައްޔިތުން ނުކުމެ ސާފު ކުރުމުގެ މަސައްކަތެއް!

ހުޅުމާލެ ހިޔާ ރައްޔިތުން މިއަދު އިސްނަގައިގެން ސާފު ކުރުމުގެ މަސައްކަތެއް ކުރިއަށް ގެންގޮސްފިއެވެ.
މިމަސައްކަތުގައި ބައިވެރިވެ ހުޅުމާލެ ކައުންސިލަރު އިބްރާހިމް ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލެ ހިޔާ-5ގެ ރައްޔިތުން މިއަދު އިސްނަގައިގެން ފެށި ސާފު ކުރުމުގެ މަސައްކަތުގައި ބައިވެރިވުމަކީ ލިބުނު އުފަލެއް ކަމަށެވެ.
"މިއީ ރައްޔިތުންނަށް މިއަދު އުޅެން ޖެހިފައިވާ ހާލު. ހިޔާ މާހައުލު ސާފުކޮށް ބޭއްވުމަށް ސަރުކާރުން އަހައްމިއްޔަތު ދޭމިންވަރު ވަރަށް ކުޑަ. ހިޔާ ސާފުކޮށް ބޭއްވުމަށާއި ހިޔާގެ ރައްޔިތުންގެ ބަސް އަހާނެ މީހެއްގެ ގޮތުގައި ހުޅުމާލެ ކައުންސިލަރ އަބަދުވެސް ހުންނާނެ ކަމުގެ ޔަޤީންކަން ހިޔާ ރައްޔިތުންނަށާއި ހުޅުމާލޭގެ ލޮބުވެތި ރައްޔިތުންނަށް އަރުވަން." ޝުޖާއުގެ ޓްވީޓްގައި ވިދާޅުވިއެވެ.
ހުޅުމާލޭގައި އަލަށް މީހުން އާބާދު ވާން ފެށި ހުޅުމާލެ ފޭސް 2ގައި އިމާރާތްކޮށްފައި ހިޔާ ފުލެޓްތަކުގައި ވެސް ކުނި މެނޭޖް ކުރުމުގެ މައްސަލަ ބޮޑުވެފައިވާއިރު އެޗްޑީސީން ދަނީ އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެ ސަރަހައްދުގައި ވެމްކޯއިން ކުނި ނެގުމުގެ މަސައްކަތް ފަށަންދެން ޑަސްބިންތަކެއް ބަހައްޓައިފައިވާކަމަށް ވެސް އެޗްޑީސީން ވިދާޅުވިއެވެ.
5 ވަނަ ޓަވަރުގެ ބައެއް ގޮނޑު ދިވެހިން ޖަމާކޮށްފައި ހުރި ކުނި ގޮނޑު އެޓަވަރުގެ އެހެން ރައްޔިތުން ނިކުމެ ސާފުކޮށްފި.