ޚަބަރު ސިޔާސީ

ރާއްޖެއިން އިސްލާމް ދީން ފޮހެލުމަށް ކުރަމުންދާ މަސައްކަތާ ދެކޮޅަށް ތެދުވަން ޖެހޭ: އެމްއާރުއެމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރާއްޖެއިން އިސްލާމް ދީން ފޮހެލުމަށް ކުރަމުންދާ މަސައްކަތާ ދެކޮޅަށް ތެދުވަން ޖެހޭކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)އިން ބުނެފިއެވެ.

Ads by STELCO

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމަށް އެމްއާރްއެމްއިން ނެނުރު ނޫސްބަޔާނެއްގައި ބުނީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރަމުންދާއިރު އަޅުގަނޑުމެން ހަނދާން ކުރަންވީ، ދިވެހިރާއްޖެ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި މިއަދާ ހަމައަށް ވެސް ދެމިއޮތުމުގެ އަސްލަކީ، މާތްވެގެންވާ އިސްލާމްދީން ކަންކަމަށެވެ.

މިބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ އަޚުވަންތަކަމުގެ ގުޅުމުގެ ރަމްޒަކީ، އިސްލާމްދީން ކަމަށާއި އެހެންކަމުން އިސްލާމް ދީނުގެ ހިމާޔަތުގައި މަސައްކަތް ކުރަން ޖެހޭކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ އަޚުވަންތަކަމުގެ ގުޅުމުގެ ރަމްޒަކީ، އިސްލާމްދީން ކަމެވެ. އެހެންކަމުން، އަޅުގަނޑުމެންގެ މެދުގައި މި އޮތް އަޚުވަންތަކަމުގެ ގުޅުމުގެ ރޫޙު ވަރުގަދަކޮށް، އިސްލާމް ދީން ނޫން އެހެން ދީންތަކަށް މި ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް އެކިއެކި ފަރާތް ތަކުން ކުރަމުންދާ މަސައްކަތާއި މެދު ހޭލުންތެރިވެތިބެ، އެކަމާ ދެކޮޅަށް އަބަދުވެސް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭނެއެވެ" އެމްއާރުއެމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެމްއާރުއެމްގެ ނޫސްބަޔާނުގައި އިތުރަށް ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި ނިޢުމަތް މި ލޮބުވެތި ދިވެހިރާއްޖެއަށް މިންވަރު ކުރެއްވިކަމަށް ޓަކައި މާތް މިﷲ ގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ކުރާކަމަށާއި އަދި މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތްގެމަތީގައި ވަރުގަދައަށް ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު ދިވެހީންނަށް ދެއްވުމަށް އެދޭކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!